ތުއްތު ކުއްޖާ ނިޔާވި މައްސަލައިގައި އިހުމާލުވި މީހުން ވަޒީފާގަ ތިބެގެން ނުވާނެ ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ރައީސް އަދި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ނާސިޙް ރަޝީދު ވިދާޅުވެއްޖެއެވެ.
ނާސިޙް މިހެން ވިދާޅުވީ، އިއްޔެ ތިނަދޫއިން ނިޔާވި ތުއްތު ކުއްޖާއަށް ފަރުވާދިނުމުގައި ހޮސްޕިޓަލުން އިހުމާލުވެފައިވާ ކަމަށް ބުނެއެވެ. ނާސިހް ވިދާޅުވީ، ކުއްޖާއަށް ފަރުވާދިނުމުގައި ޑޮކްޓަރާއެކު އިހުމާލުވެފައިވާ ފަރާތްތަކަށް އިތުރަށް އިހުމާލުވުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށާއި، އެމީހުންގެ މައްސަލަ ބަލައި މިފަދަ އަމަލުތަކުން ސިއްޙީ ދާއިރާ ސަލާމަތް ކުރަން ޖެހޭ ކަމަށެވެ.
“ނަފްސުގެ އަގު ނުދަންނަ ނަރުހުންނާއި ޑޮކްޓަރުން އެބައުޅޭ. އާދޭސް ކޮށްފަ ބުނަން. އަޅުގަނޑުމެންގެ ޅަދަރިން ދުނިޔޭގަ އުޅުނަދީ.” ނާސިޙް ވިދާޅުވިއެވެ.
އާއިލާއިން ތުހުމަތު ކުރާ ގޮތުގައި 3 މަހުގެ ތުއްތު ކުއްޖާ ފެސިލިޓީއަށް ގެންދިޔަ ފަހުން 4 ގަޑިއިރު ވެގެންދިޔައިރުވެސް އެެއްވެސް ފަރުވާއެއް ދީފައިނުވާ ކަމަށެވެ. އަދި ކޮވިޑް ބައްޔަށް ފައްސިވެ 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަވެފައިވީ ނަމަވެސް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް ހޮސްޕިޓަލްގައި އެވަގުތު ޑިއުޓީގައި ހުންނެވި ޑޮކްޓަރު ދެކޮޅުހައްދަވާފައިވާ ކަމަށެވެ.
ނާސިހުގެ އާއިލީ މީހަކުން ތިކަހަލަ ހިތާމަވެރި ކަމެކާ ދިމާވީމާއިދާ ތިވާހަކަ ތިދައްކަން އެގުންނޫ . ތިނަދޫ ހޮސްޕިޓަލުގެ އިހްމާލުން ކެތެވެންނަން އަނިޔާ ލެބީފައިބަހުއްޓީ .