ޚަބަރު
އުމުރުން ދުވަސްވީ މީހުންނާއި ދިގުމުއްދަތަކަށް ބޭސް ބޭނުންކުރާ މީހުން އިންފްލުއެންޒާ ވެކްސިން ޖަހަން އިލްތިމާސްކޮށްފި

އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބައްޔަށް ފަރުވާ ކުރާ މީހުން އިންފްލުއެންޒާ ވެކްސިން ޖެހުމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން އިލްތިމާސް ކުރައްވައިފިއެވެ.

އެޗްއީއޯސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިދުވަސްވަރަކީ ރާއްޖޭގައި އަރިދަފުސް ރޯގާ އިތުރުވަމުންދާ ދުވަސްވަރަކަށް ވާތީ ހައިރިސްކުގެ މީހުން އިންފްލުއެންޒާ ވެކްސިން ޖަހަން އިލްތިމާސްކުރާ ކަމަށެވެ.

އަފްޒަލް އިތުރަށް ވިދާޅުވިގޮތުގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން މާބަނޑު މީހުން އަދި ދިގުމުއްދަތަކަށް ބޭސް ބޭނުންކުރާ ފަރާތްތަކުން ކޮވިޑް ވެކްސިންގެ ޑޯޒް ހަމަނުކުރާނަމަ ވީހާވެސް އަވަހަކަށް ޑޯޒް ހަމަކުރުމަށާއި އިންފްލުއެންޒާ ވެކްސިންވެސް ޖެހުމަށެވެ. މީގެ އިތުރުން އެހާ ގިނައިން ބޭރުގައި ނޫޅުމަށާއި ބޭރަށް ނުކުމެ އުޅޭއިރު މާސްކު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ފެންނަނަމަ ހޮސްޕިޓަލަށް ދިޔުމުގެ ބަދަލުގައި ފުލޫ ކްލިނިކަކަށް ދެއްކުމަށް ޑރ.އަފްޒަލް އިލްތިމާސްކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!