ޚަބަރު
4 އަހަރުގެ ކުއްޖާއަށް ޖިންސީގޯނާ ކުރި ޓީޗަރު މީގެ ކުރިންވެސް އެފަދަ މައްސަލައެއްގައި ސަސްޕެންޑް ކޮށްފައިވޭ

ގަލޮޅު މަދަރުސާގައި 4 އަހަރުގެ ކުއްޖާއަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތުގައި ސަސްޕެންޑް ކޮށްފައިވަނީ މީގެ ކުރިންވެސް ކުއްޖަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި ސަސްޕެންޑް ކުރި ޓީޗަރެއް ކަން ހާމަވެއްޖެއެވެ.

އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ގަލޮޅު މަދަރުސާގައި 4 އަހަރުގެ ޕްރީސްކޫލް ކުއްޖަކަށް ޖިންސީގޯނާ ކުރި ޓީޗަރަކީ، މީގެ ކުރިންވެސް އެސްކޫލްގައި ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކުރި ޓީޗަރެއްކަން ޖެންޑާ މިނިސްޓްރީގެ އޮފިޝަލެއް ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

4 އަހަރުގެ ކުއްޖަކަށް އެކުއްޖާ ކިޔަވަމުންދާ ސްކޫލްގެ ފާހާނަތެރޭ ޖިންސީ ގޯނާކުރުމުން ޖިސްމާނީ ގޮތުން ލިބުނު އަނިޔާތަކަށް އެކުއްޖާ އަށް ހޮސްޕިޓަލްގައި ވަނީ ފަރުވާހޯދާފައެވެ.

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ ޓީޗަރު ސަސްޕެންޑް ކޮށް އެމައްސަލަ ތަހުގީގީ އިދާރާއަށް ހުށަހަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

Comment

  1. ޢެއީ އަންހެނެއްބާ ނޫނީ ފިރިހެނެއްބާ ބޮޑަށް ލަފާ ވަނީ އަންހެނަކަށް ވީމަހެން އެންމެ ކުޑަމިނުން އެޓީޗަރުގެ ޖީންސްވެސް ހެމަނާ ނުލަނީ