ލ.ގަމުގައި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ސީރިޔަސް އަނިޔާތަކެއް ލިބިއްޖެއެވެ.
މަންޒަރުދުށް މީހަކު މީޑިޔާއަށް މައުލޫމާތުދިން ގޮތުގައި ގަމު ލިންކުރޯޑުގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ގޮސް ޕިކަޕެއްގެ ފަހަތުގައި ޖެހި ހިނގި އެކްސިޑެންޓެއް ކަމަށާއި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ސީރިޔަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އެމީހާގެ މޫނު ވަރަށް ބޮޑަށް މަށައިގެން ގޮސް އަނގައިންނާއި ނޭފަތުން ލޭ އަންނަމުންދާ ކަމަށް މައުލޫމާތުދީފައިވެއެވެ.
ގަން ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝިޔާމް ވިދާޅުވީ، އެކްސިޑެންޓުވި ސައިކަލުގައި ތިބީ ދެ ބިދޭސީން ކަމަށާއި އޭގެ ތެރެއިން ބޮޑަށް އަނިޔާވީ ދުއްވަން އިން އުމުރުން 50 އަހަރުން މަތީގެ ބަންގްލަދޭޝް ރައްޔިތަކަށް ކަމަށެވެ.
މިއެކްސިޑެންޓުގައި އަނިޔާވި މީހާއަށް އެރަށު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. މިއެކްސިޑެންޓް ހިނގާފައިވަނީ މިރޭ 08:15 އެހާކަންހާއިރުއެވެ.