ޚަބަރު
ސަލާމަތީ ތަކެތި ހަމަނުވާ އުޅަނދުތަކުގެ ސީވާދިނަސް ބާތިލުކުރަނީ

ރާއްޖޭގެ ކަނޑު ދަތުރުކުރާ ޢުޅަނދުތަކުގެ ސާލާމަތީ ކަންތައްތައް ފުރިހަމަ ނުވާ އުޅަނދުތަކުގެ ސީވާދިނަސް ބާތިލްކުރާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފިއެވެ.

މިދުވަސްވަރު ކަނޑުމަތީ ހާދިސާތައް ގިނަވުމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީއަށް އާންމުންގެ ނުރުހުން ދަނީ އަމާޒުވަމުންނެވެ. ކަނޑު ދަތުރުކުރާއިރު ލައިފްޖެކެޓް އެޅުން މަޖުބޫރުނުކުރުމާއި ބައެއް އުޅަނދުތަކުގައި ސަލާމަތީ ކަންތައްތައް ހަމަނުވެ ހުރުމާއި ގުޅިގެން އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންކަމުން ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަލާމަތީ ކަންތައްތައް ހަމަ ނުވާ އުޅަނދުތައް އަންނަ އަހަރު ޖެނުއަރީ 16 ވަނަ ދުވަހުގެ ކުރިން ހަމަކުރުމަށާއި މިމުއްދަތުގައި އެތަކެތި ހަމަނުކުރާ އުޅަނދުތަކުގެ ސީވާދިނަސް ބާތިލް ކުރާނެ ކަމަށެވެ.

އެގޮތުން ސަލާމަތާ ބެހޭ ގަވާއިދުގައި އަންގާ ތަކެތީގެ ގޮތުގައި ބެލެވޭނީ އޮއިލް ޕޮލިއުޝަން އެންޑް ޕްރިވެންޝަން ސެޓްފިކެޓް، ނުރައްކާތެރި މުދަލާއި ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމާއި ބެހޭ ސެޓްފިކެޓް އަދި ސުވޭޖް ސެޓްފިކެޓް އޮންނަންޖެހެއެވެ. މީގެ އިތުރުން އުޅަނދުފަހަރު މަރާމާތު ކުރުމަށް އެހެލުމަށް ފަހު ދޫކުރާ ލިޔުމާއި، ކެޕްޓަނުންނާއި، ފަޅުވެރިން އަދި މެރިން މެކޭނިކުންގެ އަތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ގަބޫލު ކުރާ ލައިސަންސް އަދި ސަނަދުތައް އޮންނަން ޖެހޭނެއެވެ.

މިކަންތައްތަކުގެ އިތުރުން ބޮޔަންޓް އެޕަރޭޓަސް ހުރުން، ވެސެލް ޓްރެކިން ޑިވައިސް ހަރުކޮށްފައި ހުރުން، އުޅަނދުގެ މެނިފެސްޓް އެނގެން އޮތުން، ކެޕްޓަނާއި ފަޅުވެރިންގެ މެޑިކަލް އަދި ވަޒީފާގެ އެއްބަސްވުން ހުށަހެޅުން، އަދި ދުއްވާ އުޅަނދުތަކުގައި މުވާސަލާތީ އާލާތްތައް ހުރުން އަދި މިންގަޑުތަކާއި އެއްގޮތަށް ލައިފް ޖެކެޓް އަދި ލައިފް ބޮއި ހުންނަން ޖެހޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!