ކުޅިވަރު
އުފަލުން ފުރިފައިވާ މަންޒަރެއް، ޒުވާން މޫނުތަކަކާއިއެކު ޒުވާނުންގެ ދުވަހުގެ ތައްޔާރީތައް ތިނަދޫގައި ފަށައިފި

މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ތިނަދޫގެ ކުލަބު ޖަމްޢިއްޔާ ޖަމާއަތްތަކުން އިސްނަގައި ތިނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ތިނަދޫ ކޮމެއިނިޓީ ސެންޓަރ ގުޅިގެން ކުރިއަށްގެންދާކަމީ ޒުވާނުންނަށް ލިބިެންދާނެ ބޮޑު ހިންހަމަޖެހުމެކެވެ. މިގޮތުން މިއަހަރުގެ ޒުވާނުންގެ ދުވަހުގައި ތިނަދޫގައި ހިންގުމަށް ނިންމާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެއް ހަރަކާތްކަމުގައިވާ ފުޓްސަލް މެޗަކީ ތިނަދޫގެ ފުޓްސަލް ކުޅޭ ޒުވާނުންނަށް ހުނަރު ދައްކާލުމަށް  ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ.

ތިނަދޫ ޔޫތް ފުޓްބޯޅަ ކްލަބާއި ޓޭޑް ގުޅިގެން ކުރިއަށްގެންދާ މި މެޗުގައި ފެނިގެންދާނީ ޒުވާން ކުޅުންތެރިންކަމަށް ޓޭޑްގެ ނައިބް ރައީސް އަހުމަދު ޝިޔާޛު ނައީމް މައުލޫމާތުދެއްވިއެވެ. މިގޮތުން މިމެޗުގައި ވާދާކުރަނީ ޓޭޑްގެ ޓީމަކާއި ތިނަދޫ ޔޫތް ފުޓްބޯޅަ ކުލަބުގެ ޓީމެކެވެ. މިގޮތުން ޓޭޑުން މިމެޗަށް ނެރޭ ޓީމުގައި ހިމެނޭނީ އުމުރުން 18 އަހަރާއި 23 އަހަރާ ދެމެދުގެ ޒުވާން ކުޅުންތެރިން ކަމަށެވެ.

މެޗަށް ތައްޔާރުވުމުގެ ގޮތުން ޓޭޑުގެ ފަރާތުންވަނީ ޒުވާންޓީމަށް ބޭނުންވާ އިތުރު ތަމްރީނުތައް ދިނުމަށްޓަކައި ތިނަދޫ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަހުމަދު ޒައިދުގެ އިރުޝާދުތަކާއެކީ ފަރިތަކުރުންތައް ފަށާފައެވެ. އަދި މީގެ އިތުރުން ކީޕަރުން ތަމްރީނު ކުރުމުގައި ތިނަދޫގެ ހުނަރުވެރި ގޯލްކީޕަރ ހުސައިން ފިރާހުވެސް ހަރަކާތްތެރިވޭއެވެ. ޒައިދުއާއި ފިރާހުގެ ތަޖުރިބާއާއި އެކު 23 އޮކްޓޫބަރު 2021ވާ ހޮނިހިރު ދުވަހުގެ 20:30ގައި ތިނަދޫ އާރު އަވަށުގެ ފުޓްސަލް ދަޑުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ފުޓްސަލްގެ ހުނަރުތައް މިޒުވާނުންގެ ކިބައިން ފެނިގެންދާނެކަމަށާއި މިމެޗަކީ ވާދަވެރި ފޯރިގަދަ، މެޗަކަށް ވެގެންދާނެކަމަށް  ޓޭޑްގެ ނައިބް ރައީސް އަހުމަދު ޝިޔާޛު ނައީމް މައުލޫމާތުދެއްވިއެވެ.

އަދި އިތުރަށް ޝިޔާޒު ވިދާޅުވެފައިވަނި ޓޭޑާއި މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް އަތުކުރި އޮޅާލައިފައިވާ ޖަމްޢިއްޔާ ޖަމާއަތްތަކުގެ މައިގަނޑު މަޤްސަދަކީ ތިނަދޫގެ ޒުވާނުންނަށް އެޒުވާނުންގެ ހުނަރުތައް ކުރިއެރުވުމަށް ހިތްވަރުދީ އެހުނަރުތައް ދެއްކޭނެ ފުރުސަތުތަކެއް ހޯދައި ދިނުންކަމަށާއި، ޓޭޑްގެ މަޤްސަދަކީވެސް ތިނަދޫގެ ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދާ އަތޮޅާއި ޤައުމީ ލެވެލްގައި ފާހަގަކޮށްލެވޭނެ ޒުވާނުންތަކެއް ތިނަދޫއިން އުފެއްދުންކަމުގައެވެ. މިގޮތުން ޓޭޑުން މިއަހަރުގެ ޒުވާނުންގެ ދުވަހުގެހަރަކާތްތަކުގެ ތެރޭގައި ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ސިވިލްސާރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ގުޅިގެން “ފައްލަވެރި 201″ގެ ނަމުގައި “ޕޮޒެޓިވް ތިންކިންގ، ޕޮޒެޓިވް އެޓިޓިއުޓް އެންޑް މޯޓިވޭޝަން”ގެ ދާއިރާއިން ޓްރެއިނިންގ އެއް ކުރިއަށް ގެންދާނެ ކަމަށެވެ.

ތިނަދޫގައި މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރޭގައި 22 އޮކްޓޫބަރު 2021ގެ ހެދުނު 7:00ގައި ހުވަދޫ ސްވިމިންގ ކުލަބުގެ ފެތުމުގެ ހަރަކާތަކާއި ހަވީރު 16:30 ގައި ރައުހަތު ސްޕޯޓްސް އިން ކުރިއަށްގެންދާ ޒުވާނުންގެ ދުވަހުގެ ޙައްސަ ދުވުމަކާއި، ހުވަދޫ ރެކްރިއޭޝަންގެ ފަރާތުން ކުރިއަށްގެންދާ މަސްރޭހެއް ކުރިއަށް ދާނެއެވެ. އަދި 23 އޮކްޓުބަރު 2021ގައި 20:30 ގައި ޓޭޑާއި ތިނަދޫ ޔޫތް ފުޓްބޯޅަ ކުލަބު ގުޅިގެން ކުރިއަށްގެންދާ ފުޓްސަލް މެޗާއި ، ހަވަރު ސްޕޯޓްސްއާއި ސްޕޯޓްސް ކްލަބު ޔުނިކް ގުޅިގެން އަންހެނުންނަށް ހާއްސަ ހޭންޑްބޯޅަ މެޗެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ވަކިވަކި ހަރަކާތްތައް އިންތިޒާމް ކުރުމުގައި ވަކި ޖަމްޢިއްޔާތައް ހަރަކާތްތެރި ވީނަމަވެސް ހުރިހާހަރަކާތެއް ކުރިއަށް ގެންދަނީ ހުރިހާ ޖަމްޢިއްޔާތައް ގުޅިގެންކަން ފާހަގަކޮށްލަމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!