މައިކްރޯސޮފްޓް ޓްރާންސްލޭޓާ މެދުވެރިކޮށް މިހާރު އިނގިރޭސި ބަހުން ލިޔެފައިހުންނަ ލިޔުން ދިވެހި ބަހަށް އަދި ދިވެހި ބަހުން ލިޔެފައި ހުންނަ ލިޔުންތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށްލެވޭނެއެވެ.
މައިކްރޯސޮފްޓް ޓްރާންސްލޭޓަރ އިން ޓްރާންސްލޭޓް ކުރުމުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރެއެވެ. މިއީ ޓްރާންސްލޭޝަން އިތުރަށް ފުރިހަމަވެގެން ދާ ސަބަބެކެވެ. މަިކްރޯސޮފްޓުން ހާމަކޮށްފައިވާ ގޮތުގައި، އެކުންފުނީގެ ޓްރާންސްލޭޓަރގެ އެހީގައި 100 ބަސް ތަރުޖަމާކޮށްލެވޭނެ ކަމަށެވެ. އަދި އަލަށް އިތުރު ކުރެވިފައިވާ 12 ބަހުގެ ތެރޭގައި ދިވހިބަސް ހިމެނޭކަން ފާހަގަ ކުރެވެއެވެ.

އިނގިރޭސި ބަހުން ހުންނަ ލިޔެކިޔުން، ދިވެހި ބަހަށް ތަރުޖަމާވެ، ދިވެހިބަހުން ހުންނަ ލިޔެކިޔުން އިނގިރޭސި ބަހަށް ތަރުޖަމާ ކުރެވުމަކީ، ދިވެހި ބަސް ކުރިއެރުވުމަށް ހުޅުވިގެންދިޔަ އިތުރު ފުރުޞަތެއްކަމުގައި ދިވެހި ބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަޝްރަފް އަލީ ގެ އިތުރުން ތަފާތު ބަހުގެ ދިރާސާތައް ކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.