ޚަބަރު
އަންނަ އަހަރުގެ ބަޖެޓާ ބެހޭގޮތުން އެމް.ޑީ.ޕީގެ މެމްބަރުންނާއި މަޝްވަރާކޮށްފި

2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާއި ބެހޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.

ރޭ ބޭއްވުނު މިބައްދަލުވުމުގައި ސަރުކާރުގެ މައިގަނޑު މަޝްރޫޢުތަކާއި، ބަޖެޓްގެ ޢާމްދަނީއާއި ލިބޭނެކަމަށް އަންދާޒާ ކުރާ ފައިސާގެ ޢަދަދުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އެގޮތުން އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި މިސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކައި ބަޖެޓުގައި ހިމަނަންޖެހޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

އަންނަ އަހަރުގެ ބަޖެޓް ކަނޑާއަޅަން މަޝްވަރާކުރެވުނުއިރު ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ދައުލަތުގެ ބަޖެޓަށް ލިބޭނެކަމަށް ލަފާކުރެވެނީ 23.6 ބިލިޔަން ރުފިޔާއެވެ. މީގެ ތެރޭގައި ޓެކްސްގެ ގޮތުގައި 14.7 ބިލިއަން ރުފިޔާ ލިބޭނެކަމަށާއި ޓެކްސް ނޫން ޢާމްދަނީގެ ގޮތުގައި 5.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރަށް ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ އަނދާޒާކޮށްފައިވާއިރު ނިއު ރެވެނިއު މެޝާސް ނުވަތަ އާމްދަނީ ހޯދުމުގެ އައު ސިޔާސަތުތަކުން 1.3 ބިލިއަން ރުފިޔާ ބަޖެޓަށް ލިބޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ.

ދައުލަތުގެ ބަޖެޓުގައި އަންނަ އަހަރަށް ލަފާ ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އަންނަ އަހަރުވެސް ހުށަހަޅާނީ ދަރަނި ބަޖެޓެކެވެ. އެގޮތުން އަންނަ އަހަރު ދަރަނި 10.2 ބިލިއަން ރުފިޔާއަށް އަރާއިރު، ކުރިއަށް އޮތް ދެއަހަރު ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް މުހިއްމު ސިޔާސަތުތަކެއް ސަރުކާރުން ތަންފީޒު ކުރުމަށް ވަނީ ނިންމަވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!