ތުއްތު ދަރިފުޅުގެ ބަނޑުގައި ވައިހެދުމަކީ ވަރަށް ފައިސޭހައިން މެދުވެރިވާ ކަމެކެވެ. އަދި މިކަމުގެ ވޭން ދަރިފުޅަށް ތަހައްމަލް ކުރަންޖެހުނަސް މައިމީހާގެ ހިތުގައި މިކަމުން އަޅާވޭން މާބޮޑެވެ. މިހެންކަމުން މިކަންނުވެ ވޭތޯ މަސައްކަތް ކުރަން ކޮންމެ މަޔަކުވެސް ބޭނުންވާނެއެވެ. މި އުނދަގުލުން ކުއްޖާ ސަލާމަތް ކުރުމަށް މަންމައަށް ގިނަ ކަންތައްތަކެއް ކުރެވިދާނެ އެވެ.
އެގޮތުން ފުރަތަމަ ކަމަކަށް ބުއްފުޅީގެ ބަދަލުގައި ގާތުން ދޭށެވެ. އަދި ބުއްފުޅި ނުވަތަ ކާންދޭއިރު، ބޯކޮޅަށް އުސްވާގޮތަށް ދަރިފުޅު ބޭއްވާށެވެ. މީގެ އިތުރުން މާބޮޑަށް ބަނޑުހައި ވަންދެން މަޑުނުކޮށް ގާތުން ދިނުމަކީވެސް މުހިންމު ކަމެކެވެ. އަދި މާބޮޑަށް ބަނޑު ފުރެންދެން ނުދޭށެވެ. މިއީވެސް ރަގަނޅު ގޮތެއް ނޫނެވެ.
ގާތުން ކިރުނުދެވޭ ހާލަތެއްގައި ބުއްފުޅި ދޭނަމަ ޑޮކްޓަރެއްގެ ލަފާގެ މަތިން ރަނގަޅު ވައްތަރެއްގެ ކިރެއް އިޙްތިޔާރު ކުރާށެވެ. އަދި ބުއްފުޅި ދޭނަމަ ރަނގަޅު ބުއްފުޅިއެއް އިޙްތިޔާރު ކުރުމަކީވެސް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަދި ބުއްފުޅި ދިނުމުގައި ސާފުތާހިރުކަމަށް އިތުރަށް ސަމާލުކަންދޭށެވެ. އަދި ބުއްފުޅި ގިރުމުގައި ދަޅުގެ ބޭރުގައިވާ އިރުޝާދުތަކަށް ފަރުވާތެރިވެ، އޭގައިވާގޮތަށް ބުއްފުޅި ތައްޔާރު ކުރާށެވެ. މީގެ އިތުރުން ބުއްފުޅި ތައްޔާރު ކުރާއިރު، ބުއްފުޅިއަށް ކިރު އަޅައިގެން ހެލުވުމުގެ ބަދަލުގައި ގިރާފައި ބުއްފުޅިއަށް އެޅާށެވެ.
މިކަންކަމުގެ އިތުރުން ގާތުން ދީ ނިމިގެން ކޮންމެ ފަހަރަކުވެސް ވައިލަށްވަން އާދަކުރާށެވެ. މިއީ މުހިންމު ކަމެކެވެ. އަދި ގާތުން ދީ ނިމިގެން ބޯލާކޮޅަށް އުސްވާގޮތަށް އިރުކޮޅަކު މަޑުކޮށްލުމަށްފަހު ބޭއްވަން އާދަކުލާށެވެ.
ބުނެވެދިޔަ ކަންތައް ޤަވާއިދުން ކުރާނަމަ ދަރިފުޅުގެ ބަޑުގައި ވައި ހެދުމުގެ ފުރުސަތު ކުޑަވާނެއެވެ.
ސާއިދު މީ ކުދެކުއްދުންނެގެ ޑޮކްޓަރެކެ. ވަރަށް ހަބޭސް. ކަލޯ ފެންވަރަން ލިޔާހައި ބާހުއްޓަ. އަދި ކިރިޔާ ރަގަޅެ ފީލްޑެކެ ޗޫޒް ތި ކޮޅައު