ޒުވާނުންގެ ދުވަސް 2021 ގެ ހަރަކާތްތަކާ ގުޅުވައިގެން “ލޭ ދެމާ ، ފުރާނައެއް ސަލާމަތް ކުރުމާ” ނަމުގައި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް މާލެއާއި ގދ ތިނަދޫގައި ބޭއްވުމަށް ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ސްކައުޓް ޔޫތު ކައުންސިލުން ނިންމައިފިއެވެ.
23 ވަނަ ދުވަހު ގެ ހެނދުނު 10ން ރޭގަނޑު 9 އަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތާއި ބެހޭގޮތުން ހުވަދޫ އަށް މަޢުލޫމާތު ދެއްވަމުން ސްކައުޓް ޔޫތު ކައުންސިލްގެ ވައިސް ޗެއަރ އަނޫފް ޢަބްދުﷲ ވިދާޅުވީ ތިނަދޫ ގައި ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވެ ފުރިހަމަ އެއްބާރުލުން ދޭން ބޭނުންވާ ކަމަށާއި އެގޮތުން އެ ކައުންސިލުން ވަނީ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް ޑރ އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ތިނަދޫ ކައުނަސިލް, ތިނަދޫ ޑަބްލިއު ޑީ ސީ އަދި ރަށުގެ ގުޅިފައިވާ އެންމެހާ ޖަމްޢިއްޔާތައް ގުޅިގެން ކުރިޔަށް ގެންދަން ނިންމާފައިކަމަށެވެ.
އިތުރަށް މައުލޫމާތު ދެެއްވަމުން ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ސްކައުޓް ޔޫތު ކައުންސިލްގެ މެމްބަރު ހުސައިން އާހިލް ވަޙީދު ވިދާޅުވީ ތިނަދޫ އާއި އެއް ވަޤުތެއްގައި މާލޭގައި ވެސް މި ހަރަކާތް ކުރިއަށް ދާނެ ކަމަށާއި މާލޭގައި ހަރަކާތްތެރިވާނީ މޯލްޑިވްސް ބްލަޑް ސަރވިސް އާއި ގުޅިގެން ކަމަށެވެ.
https://forms.gle/gvvdsGgMBjtsjrUq9
ބްލަޑް ޑޮނޭޓް ކުރުމަށް ބޭނުންވާ ރަޖިސްޓަރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.