ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި އުމުރުން ތިން މަހުގެ ތުއްތު ކުއްޖާގެ މަރުގެ މައްސަލަ ތަހުގީގު ކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ރައްޔިތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު، އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.
މެމްބަރ ސަނީފް މިހެން ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ލިޔެފައިވާ ޕޯސްޓެއްގައެވެ. ފޭސްބުކް ޕޯސްޓް ގައި ލިޔުއްވާފައިވަނީ ތިނަދޫ ގައި މިމަހު 18 ވަނަ ދުވަހު ނިޔާވި އުމުރުން ތިން މަހުގެ ތުއްތު ކުއްޖާ ރިއުމާން ނިޔާވި ހާދިސާ ފުރިހަމައަށް ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލަން” މިފަދައިން ނެވެ.
ތިނަދޫ ދެކުނު ދާއިރާ ގެ މެމްބަރު މިހެން ވިދާޅުވެ ސަރުކާރުގެ ސަމާލު ކަމަށް މި މައްސަރު ގެނައުމަށް އިތުރަށް ބާރު ދެއްވާ ފައި ވާއިރު 3 މަހުގެ ތުއްތު ކުއްޖާ ގެ އާއިލާ އިން ވެސް ވަނީ ޑރ އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ތަފާތު ގިނަ ތުޙުމަތު ތަކެއް ކޮއްފައެވެ.
ސަރުކާރުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.