އިހަކަށް ދުވަހުގެ ހަނދާނެކެވެ. އަންހެނުން ބަނޑު ބޮޑު ކަމަށް ޝައްކުކުރެވިގެން ޑޮކްޓަރަށް ދެއްކުމަށް ދިޔައީމެވެ. ޑޮކްޓަރަށް ދައްކައި ޓެސްޓުހަދައި ނިންމާލައި ގެއަށް ލުމަށްފަހު ދެރައްޓެއްސަކާއެކު ކޮފީއަކަށް އެރީމެވެ. ތިން ރަޙްމަތްތެރިން ކޮފީގައި އޮލަ ވާހަކައެއްގައި ތިއްބާ، ދަންނަ އެހެން ރައްޓެއްސަކު ރެސްޓޯރަންޓަށް ވަދެ ކޮފީބޯން ތިބި މޭޒުކައިރިއަށް ހުއްޓިފައި ކޮންގްރެޓްސް އޭ ބުންޏެވެ.
ތިން ރައްޓެހިން ތިބީ ވާނުވާ ނޭނގިފައެވެ. މަރުހަބާކީ ކޮންކަމަކާހޭ ތިން އެކުވެރިން އެއްކޮށްހެން އަހާލެވުނެވެ. ރަޙްމަތްތެރިޔާ ނަންކިޔުމަށްފަހު، އަންހެނުން ބަޑުބޮޑުވީމައޭ ބުންޏެވެ. ސިއްސައިގެން ގޮއްސައި ކިހިނެއްހޭ އެނގުނީ އަހާލެވުނެވެ. ހޮސްޕިޓަލުގައި އުޅޭ ރައްޓެއްސެއް ބުނިކަމުގައި ބުންޏެވެ. ކައިރީގައި ތިބި ރައްޓެހިން ތުން ދަމާލިއެވެ. އަންހެނުން ބަނޑުބޮޑުވި ވާހަކަ އެމީހުން ކައިރީގައި ނުބުނީމައެވެ. ދެރަވެސް ވިއެވެ. ރުޅިވެސް އައެވެ. ރަޙްމަތްތެރިން ކައިރީގައި ބުނީމެވެ. އަޅެ އަވަސްތާއެވެ. އަހަންނަށްވެސް، އަދި އަނބިމީހާއަށްވެސް މިއުޅެނީ ބަނޑު ބޮޑުކަން ކަށަވަރު ނުވެގެންނެވެ. ލެބް ރިޕޯޓް ލިބެން އަދި ގަޑިއިރެއް އެބައޮތެވެ. މުޅިރަށުގައި އަންހެނުން ބަނޑުބޮޑުވި ވާހަކަ ފެތުރުނީއެވެ. ވީފޫއްސަކުން ކޮފީވެސް ނުބޮއި ނުކުމެގެން ދިޔައީމެވެ.
ގެއަށް ދިޔައިރު ކަމަކު ދާކަށް ނެތެވެ. މައިދައިތަ ގޭގައި އެބައުޅެވެ. ފެނިލާއިރަށް ކުރިމަތިލުމަކަށް ތައްޔާރަށް ހުރިކަން އެނގުނެވެ. އަހަރެން ފެނުމާއެކު، އަހަރެންނާއި ކުރިމަތިލައި، “މަގޭ ދަރިފުޅު ބަނޑުބޮޑުވި ވާހަކަވެސް މަށަށް ނާންގައި އެންމެ ފަހުން ސިއްރުކުރީދޯ؟” އަހަންނާއި ދިމާލަށް ބުނެލިއެވެ. “އޭރުވެސް މަށަށް އިނގޭ އަހަރަމެންނާއި ގުޅުން ބާއްވަން ކަލޭ ބޭނުން ނުވާކަން”. “ނަސީބެއް ނޫންހޭ، ހޮސްޕިޓަލުގައި ރައްޓެހިން ތިބޭކަންވެސް. އެހެން ނޫންނަމަ މަގޭ ދަރި ބަނޑުބޮޑުވިކަންވެސް މަށަށް ނޭނގުނީހޭ” ކިޔަމުން މައިދައިތަ އައި ރުޅީގައި އޭތި މީތި ގޮވަމުން އަންހެނުން ގޮވައިގެން ގެއިން ނެރެގެން ގޮއްސިއެވެ. އަހަންނަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަންހެނުން މައިދައިތަ އަށް އެތަށްފަހަރަކު ވިސްނުވައި ދޭން އުޅުނެވެ. ނަމަވެސް އައިސްފައި ހުރި ރުޅިން މައިދައިތަ އެއްވެސް ވާހަކައެއް އަޑުއަހަން ބޭނުން ނުވިއެވެ.
ދެތިން ދުވަސްފަހުން އަންހެނުން އަނބުރާ ގެއަށް އައެވެ. ކޮންމެވެސް ގޮތަކުން މައިދައިތައަށް ވީގޮތް ސާފުކޮށް ދެވުނެވެ. އުފާވެރިކަމުގެ މި ޚަބަރު، ޢާއިލާ އާއި ހިއްސާކުރަން އުޅުނީ ވަރަށް ސަޕްރައިޒް ގޮތަކަށް ބޮޑު ކެއުމަކާއެކުއެވެ. ނަމަވެސް މިފަހަރު ސަޕްރައިޒް މިވީ އަހަންނެވެ. ކިތަންމެ ރުޅި އައި ކަމުގައި ވީނަމަވެސް، މީހުން ކުރިމަތީގައި، ހަޅޭއް ފަޅޭއް ޖަހައި ހުތުރު އެއްޗެހި ކިޔަން ބޭނުމެއް ނޫވީ އަހަރެން އަހަރެންގެ އަގު އަމިއްލަޔަށް ވައްޓާލުމަށް ބޭނުން ނުވީމައެވެ.
ހިތާމަޔާއެކު ބުނެލެވޭނީ، ބަލިމީހުންގެ މައުލޫމާތު ހާމަކުރުން، މިއީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ދޭ ޚިދުމަތުގެ ތެރޭގައި ރަސްމީ ސިފައެއްގައި ނުހިމެނި، ދެމުން އަންނަ ޚިދުމަތެއް ކަމުގައެވެ.
ނޯޓް: މިއީ ރައްޓެއްސަކަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ކުރިމަތިވެފައިވާ ހާދިސާއަކާއި ގުޅުވައިގެން ލިޔެފައިވާ ލިޔުމެކެވެ.
އަދި ނިމުނީކީނޫން…. ޕަބްްްލިކް ހެލްތޭ ކިޔުނު ޔުނިޓަކުން މީހުންގެ އަބުރު ކަތިލުން ހަމަ ހަބޭހަށް ކުރިޔަށްދޭ.. އާއިލީ ބައްދަލުވުންތަކުގެ އެނަގާ ފޯރީގެ ވާހަކަ ނުދެއްކުން ބުއްދިވެރި…
ހަމައަސް ލުވާހަކަައެއްތީ
ތިނޫން މުއައްސަސާއެއް ދައްކަބަލަ ނިކަން. ސުކޫލްތައް ވެސް އެވަރު. ޕަބްލިކް ހެލްތު ޔުނިޓްގަ އުޅޭ މީހުން ހީވަނީ އެތަނަށް މައުލޫމާތެއް ހޯދަން ގުޅާ މީހެއް ވިޔަސް އެމީހުންގެ އާއިލާ އެންމެން ކައިރީ ބުނަން ޖެހޭހެން. ދެން ފާރމަސީން ބޭހެއް ނަގައިފިއްޔާ އެވާހަކަ މުޅި ރަށުގަ. ދެން ޕޮލިހުން އެމީހުންގެ އަނބީންނާއި ފިރިންނާއި ރައްޓެހިންނަށް ނޭނގެ ކަމެއް ނެތް. ކޯޓަށް ވަދެފަ ނުކުތަސް 4 މީހުންނާއި ދެވާފައި، 7 ފަހަރު ވަރިކޮށްފަ އޮންނަނީ.
މަވެސް ރައްޓެއްސެގެ ހައިސިއްޔަތުން ބުނާނިނީ ތިޔަހޮސްޕިލުގައި ތިފަދަ ވިޔާނު ދާ ޭ މަދުބަޔަކު އެބައުޅެއެވެ،،އަދި ތިއަށްވުރެމާގޯސް ވާހަކަދައްކާ ބަޔަކުވެސް އުޅޭކަމީ ހިތާމަކުރާކަމެކެވެ އެކިވައްތަރުގެ ބަލިތަކާ ސިއއރުކަންވެސްހުންނާނެ ނަމަވެސް ތަރުޖަމާނުންނަން އުޅޭބައެއްކުދިން އެވާހަދައްކާތީ ދައްކައޭބުނަނީ،،
ރަޖިސްޓްރީ ނުވެޔޯލަ. ތެދެއްބާ!