ޚަބަރު
ގުޑު ގުޑާ ދޫނި ހިފައި ރިހަ ނުކެއްކުމަށް ރައީސް ނަޝީދު އެދިވަޑައިގެންފި
ރާއްޖެއަށް މިދުވަސްވަރު ޒިޔާރަތްކުރަމުން އަންނަ ފްލެމިންގޯ ނުވަތަ ގުޑު ގުޑާ ދޫނި ހިފައި، ހައްޔަރުކޮށް، އެއިން ރިހަ ނުކެއްކުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އެންވައިރެމެންޓް ޕްރޮޓެކްޝަން އެޖެންސީ(އީޕީއޭ) އިން އަންގާފައިވާ ގޮތަށް މިއީ އިރުވައި މޫސުމުުގެ ކުރިން ދޫނި ސޫފާ ސޫފި ހިޖުރަ ކުރާ މޫސުން ކަމަށެވެ.

އެގޮތުން ރާއްޖޭގައި މިވަގުތު ކޮންމެވެސް ވަރަކަށް ގުޑު ގުޑާ ދޫނި އުޅޭކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އެ ދޫންޏަކީ ބައެއް އަހަރުތަކުގައި ރާއްޖެއަށް ހިޖުރަކުރާ ދޫންޏެއް ކަމަށެވެ. އަދި އެ ދޫނި ހިޖުރަކުރަނީ ބިސް އަޅައި ވިހުމަށް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން އެ ދޫނި ހިޖުރަކުރާ ރަސްތާއަށް ހުރަސްއެޅޭ ފަދަކަންކަން ނުކުރުމަށް އީޕީއޭއިން އަންގާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެގޮތުން މިދުވަސްވަރު އަމަލުތައް ބަހައްޓަންވާންވި ގޮތް ވަރަށް ތަފްސީލްކޮށް ނަޝީދު ކިޔާދެއްވި އެވެ.

“އެ ދޫންޏަށް ހިޖުރަ ކުރާ މަގުގައި ހިޖުރަކޮށް ނިމުމަށް އެހީތެރިވެ އަޅުގަނޑުމެން ދިނުމަށް. އެއީ އަޅުގަނޑުމެން ކަމެއް ނުކޮށް ތިބުން. އެއަށް އަރައިނުގަތުން. އޭގެ ރިހަ ކައްކާން ނޫޅުން. ފިޔަ ކޮށާފައި އޭތި ގޭގައި ނުބޭތިއްބުން. ވާޖަހައިފައި އޭތި ނުހިފެހެއްޓުން. އަޅުގަނޑު ތަންކޮޅެއް ރީތިކޮށް ކިޔާދޭން އުޅުނީ. އެހެން ނަމަވެސް ސާފުވެއްޖެތޯ މިހާރު މިވަމުންދާ ގޮތް. ބާޒާރަށް ގެނެސް އޭތި ވިއްކާން ނޫޅުން.” ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ މިހާރުވެސް ގުޑު ގުޑާ ދޫނި ހިފައި ވިއްކަން އުޅޭކަމުގެ ޝަކުވާ ލިބިގެން އީޕީއޭއިން އެފަަދަ ކަންތައް ކުރާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށެވެ.

ދިވެހިން ސޯޝަލް މީޑިޔާގައި، ގުޑުގުޑާ ދޫނީގެ މީމްސްތަކެއް ވައިރަލް ވެފައިވާއިރު، ގުޑުގުޑާ ދޫންޏާއިއެކު ރައީސް ނަޝީދުގެ ފޮޓޯގެ މީމްސްވެސް ސޯޝަލް މީޑިޔާގައި ދަައުރުވެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!