މަސައްކަތްތެރިންނަށް ދޭނެ އެންމެ ދަށް މުސާރަ ނުވަތަ މިނިމަމް ވޭޖް ކަނޑައަޅާނީ ވަޒީފާ އަދާ ކުރާ މީހުންގެ ޚިޔާލާއި ވިޔަފާރިވެރިންގެވެސް ހިޔާލު ހޯދުމަށް ފަހު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
އއ. ތޮއްޑޫ އަށް ވަޑއިގެން މިއަދު އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި އެހެން ވިދާޅުވެފައި ވެއެވެ. އއ. އަތޮޅުގެ 6 ރަށަކަށް ރައީސް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު މިއަދ ވަޑައިގެންނެވީ ތޮއްޑޫ އަށެވެ. އެރަށުގެ ދަނޑުވެރިންނާއި ގެސްޓްހައުސް ހިންގާ ފަރާތްތަކާ ރައީސް ބައްދަލުކުރައްވާފައެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަށް ވަޒީފާ އަދާ ކުރާ ފަރާތާއި ވަޒީފާ ދޭ ފަރާތުގެ މަޝްވަރާވެސް މުހިއްމުކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިނިމަމް ވޭޖް ކަނޑައަޅަންވާނީ ދެފަރާތުގެ ޚިޔާލާ އެއްގޮތަށް ކަމުގައި ރައީސް ވިދާޅުވިއެވެ.
އެންމެ ކުޑަ މުސާރަ ކަނޑައެޅުމާ ބެހޭ ގޮތުން ލަފާ ދިނުމަށް އެކުލަވާލާފައިވާ މިނިމަމް ވޭޖް ބޯޑުން ވަނީ އެ ބޯޑުގެ ލަފާ މިމަހުގެ ފަހެއްގައި އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅާފައެވެ.
ރައީސް ސޯލިހު އަރިއަތޮޅު އުތުރު ބުރިއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތޮއްޑޫގެ އިތުރުން ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ އަދި ހިމަންދޫއަށް ވަޑައިގަންނަވާނެއެވެ. އަދި އެ ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫއުތައް ބައްލަވައިލައްވާނެއެވެ.
ޏުލެބެނެ ތިިތި