ކުޅިވަރު
ފޭސް އެކަޑަމީގެ ފަރާތުން ފިޔޯރީގެ ކުޑަކުދިންނަށް ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ފިސާރި އަދި ފަންވަރު އަށް

ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެމްޕަވަރމަންޓް (ފޭސް) ޖަމްޢިއްޔާއިން ދެ އުމުރުފުރާ އަކަށް ބަހާލައިގެން ފިޔޯރީގެ ކުޑަކުދިންނަށް ހާއްސަކޮށްގެން ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ފިސާރި އަދި ފަންވަރުން ކާމިޔާބު ކޮށްފިއެވެ.

މިއަދު ހަވީރު ކުޅެވިގެން ދިޔަ ފައިނަލް މެޗުތަކުގައި، އެންމެ ފުރަތަމަ ކުޅުނު މެޗުގައި ބައްދަލުކުރީ ޓީމް ފޯރިއާއި ފިސާރިއެވެ. އެމެޗު ފިސާރި ޓީމުން ކާމިޔާބުކޮށްފައިވަނީ 5-3 ގެ ނަތީޖާއަކުން ފޯރި ޓީމުގެ މައްޗަށް ކާމިޔާބު ހޯދައިގެންނެވެ. އެމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ފިސާރި ޓީމްގެ އަލީ އަލާއު މުއްޠަލިބްއެވެ.

ފައިނަލުގައި ޓީމް ހިތްވަރު އަދި ޓީމް ފަންވަރު ބައްދަލު ކުރި މެޗު 2-2 ގެ ނަތީއްޖާއަކުން އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން 4-3 ގެ ނަތީއްޖާއަކުން މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ ޓީމް ފަންވަރު އެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ފަންވަރު ޓީމުގެ އިބްރާހީމް އިލްފު މުއްޠަލިބްއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!