ޚަބަރު
ފޭސްބުކް އާނަމަކާއެކު ރީ ބްރޭންޑް ކުރަނީ

ސޯޝަލް މީޑިއާ ކުންފުނި ފޭސްބުކް އިންކްއިން އަންނަ ހަފުތާގައި އަމިއްލަ ނަން ރީބްރޭންޑް ކުރަން ރާވަމުންދާ ކަމަށް އެމެރިކާގެ ޓެކްނޮލޮޖީ ބްލޮގް ދަ ވާޖްއިން ރިޕޯޓްކޮށްފިއެވެ.

ދަ ވާރޖްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ފޭސްބުކް ވެރިފަރާތް އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މާކް ޒުކަރބާގް، ފޭސްބުކް ޕްލެޓްފޯމުގެ ނަން ބަދަލު ކުރުމާ ގުޅޭގޮތުން ކުންފުނީގެ އެނުއަލް ކަނެކްޓް ކޮންފަރެންސްގައި އަންނަ އޮކްޓޯބަރުމަހުގެ 28ވަނަ ދުވަހު ވާހަކަ ދައްކަވާނެއެވެ.

މިކަމާ ގުޅޭގޮތުން ފޭސްބުކްއިން ބުނީ މިކަމާ ބެހޭ ގޮތުން ކޮމެންޓެއް ކުރަން ބޭނުންނުވާ ކަމަށެވެ. މި ޚަބަރު ފެންމަތިވެފައި މިވަނީ އެ ކުންފުނީގެ ވިޔަފާރީގެ އާދަކާދަތަކާ ގުޅިގެން އެމެރިކާގައި ސަރުކާރުގެ ތަހްގީގުތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ސިލިކަން ވެލީގައި ކުންފުނިތަކުން ދޭ ހިދުމަތްތައް ފުޅާ ކުރަން ނަން ބަދަލު ކުރުމަކީ އާ ކަމެއް ނޫނެވެ.

އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގައި ހިމެނޭ ދެޕާޓީގެ މެމްބަރުންވެސްވަނީ، ފޭސްބުކަށް ވަރަށްބޮޑަށް ފާޑު ކިޔާފައެވެ. އަދި މި ފާޑު ކިޔުންތަކުން އެމެރިކާގެ ގާނޫނުހަދާ މަޖިލިހުގެ މެމްބަރުންގެ ތެރޭގައި ފޭސްބުކްއާއި މެދު އުފެދެމުންދާ ހިންހަމަ ނުޖެހުންތަކާއި އަދި ރުޅިވެރިކަންވެސް ވަރަށް ބޮޑަށް ހާމަ ވެގެން ގޮސްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!