މަޢުލޫމާތު
މަހާނަ މަތީގަ ލިޔުމުގެ ހުކުމް
މީހަކު މަރުވުމަށްފަހު ކަށުކަމާކެމީގެ ކަންކަން ނިމުމުން މަހާނަ ރީތި ކުރުމުގައި ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. އެގޮތުން މަހާނަ ވަށާ ފާރު ރޭނުމައި، މަހާނަ ގަލުގައި ކުރެހުމުގެ އިތުރުން މައްޔިތާގެ މައުލޫމާތު ލިޔެފަ ހުރެއެވެ. ސުވާލަކީ ޤުރުއާނުގެ އާޔަތްތަކާއި، މީހާގެ ނަމާއި މަރުވި ތާރީޚް ފަދަ އެއްޗެހިތައް މަހާނަމަތީގައި ދަގަނޑު ނުވަތަ ހިލަފަދަ އެއްޗެއްގައި ކަނޑާ ނަގާފައި، ލިޔުމަކީ ނުވަތަ ބެހެއްޓުމަކީ ހުއްދަ ކަމެއްތޯއެވެ؟
ޖަވާބު: މަހާނަ މަތީގައި ލިޔުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެއީ ޤުރުއާނުގެ އާޔަތެއް ނުވަތަ އެހެން އެއްޗެއް ވިޔަސްއެވެ. އަދި އެއީ ދަގަނޑު ގަނޑެއްގައި ނުވަތަ ފިލައެއްގައި ނުވަތަ ކޮންމެ އެއްޗެއްގައި ލިޔުނުކަމުގައި ވިޔަސްމެއެވެ. އެއީ ޖާބިރު رضي الله عنه ރަސޫލާ صلّى الله عليه وسلّمގެއަރިހުން ރިވާކުރައްވާފައިވާ ހަދީޘްފުޅުގައިވާ ފަދައިންނެވެ. ” މަހާނަމަތީގައި ސިމެންތި ޖެހުމާއި ، އޭގެ މަތީގައި އިށީންނުމާއި އަދި އިމާރާތް ކުރުން ރަސޫލާ صلّى الله عليه وسلّم ނަހީކުރެއްވިއެވެ”. މިހަދީޘް އިމާމް މުސްލިމް ރިވާކުރައްވާފައިވެއެވެ. އަދި ޞައްޙަ މަގުން ރިވާ ކުރައްވަމުން މިޙަދީޘަށް “އަދި އޭގައި ލިޔުން” މިލަފްޒު އިތުރުކުރައްވައި ތިރްމިޛީއާއި ނަސާއީ މިޙަދީޘް ރިވާކުރައްވާފައިވެއެވެ.
ޖަވާބު ދެއްވީ : އައްޝައިޚް ޢަބްދުލް ޢަޒީޒް ބިން ޢަބްދުﷲ ބިން ބާޒް رحمه الله
ފަތާވާ އިސްލާމިއްޔާ، ވޮލިއުމް އެކެއް، ޞަފްޙާ 182، ދާރުއްސަލާމް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!