މަޢުލޫމާތު
ޅައުމުރުގައި ދިމާވާ ތަފާތު އާދަޔާ ޚިލާފު ހާދިސާތަކުގެ ސަބަބުން ދިރިއުޅުމަށް ތަފާތު ބަދަލުތައް އާދޭ

ދިރިއުޅުމުގައި ޅައުމުރުގައި އަހަރަމެންނަށް ކުރިމަތިވާ ތަފާތު ހާދިސާތަކުގެ ސަބަބުން، ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ.

ތަފާތު މީހުންނަށް ޅައުމުރުގައި ތަފާތު ހާދިސާތަށް ކުރިމަތިވެއެވެ. ބައެއް ހާދިސާތަކަކީ، ގިނަމީހުން އެހާ ބޮޑަށް ހަނދާންކުރަން ބޭނުންވާ ނުވަތަ، އެހާ ހިތްހަމަޖެހޭ ހާދިސާތަކެއް ނޫނެވެ. ބައެއް މީހުންނަށް ޅައުމުރުގައި ދިމާވެފައިވާ ހާދިސާތަކަކީ، ތަފާތު ހިތްދަތި ވޭނުން ފުރިފައިވާ ހާދިސާތަކެވެ. ގިނަ ފަރާތްތަށް މިފަދަ ކަންކަން ހަނދާންކޮށް އެހެންމީހުންނަށް ކިޔައިދޭން ބޭނުން ނުވެއެވެ. ނަމަވެސް، ޅައުމުރުގައި ދިމާވާ މިފަދަ ހާދިސާތަކުގެ އަސަރު މުޅި އުމުރަށް ދެމިހުރެއެވެ. މިފަދަ ވޭންދެނިވި ހާދިސާތަކުން ލިބޭ ނަފްސާނީ ގެއްލުމުގެ އިތުރުން، މީހާގެ ޝަހުސިއްޔަތު އަދި ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވައެވެ.

ޅައުމުރުގައި ކުރިމަތިވާ ތަފާތު ޓްރޯމާ ނުވަތަ ނަފްސާނީ ގޮތުން ބޮޑު އަސަރެއް ކުރުވާ ތަފާތު ހާދިސާތަކާއި ގުޅިގެން އަހަރަމެން ދިރިއުޅުމަށް އަންނަ އެކިވަރުގެ ބަދަލުތަކަށް މިލިޔުމަގައި ބަލައިލަމެވެ.

އެއްވެސް ފަރާތަކަށް އިތުބާރު ނުކުރެވުން

ޅައުމުރުގައި ދިމާވާ ހިތްދަތި ނުވަތަ ކުރެވޭ އާދަޔާ ޚިލާފު ތަޖުރިބާއެއްގެ ސަބަބުން، ފުރާފުރިހަމަވެ، ބޮޑެތި މީހުންނަށް ވުމުންވެސް އެއްވެސް ގޮތަކަށް އެހެން މީހުންނަށް އިތުބާރު ނުކުރވޭފަހަރުވެސް އާދެއެވެ. ކުރެވޭ ތަފާތު ތަޖުރިބާގެ ސަބަބުން ސިކުނޑީގެ ވިސްނާ ގޮތް މުޅިން ބަދަލުވެ ދިރިއުޅުމުގައި އެއްވެސް ފަރާތަކަށް އިތުބާރު ނުކުރެވެއެވެ.

ކުރީގެ ހަނދާންތައް ފްލޭޝްބެކެއްގެ ގޮތުގައި އަބަދުވެސް އައުން

ޅައުމުރުގައި، ކުރެވޭ އާދަޔާ ޚިލާފް ނުތަނަވަސް ތަޖުރިބާއެއްގެ ސަބަބުން، މުޅިއުމުރުގައި އެހަނދާންތައް ފްލޭޝްބެކެއްގެ ގޮތުގައި އާވެހުރެއެވެ. ޅައުމުރުގައި ބުލީ ކުރުން ތަޖުރިބާ ކުރެވިފައިވާ މީހަކަށް ނުވަތަ، ޖިންސީ ފުރައްސާރައެއް ކުރިމަތިވެފައިވާ ފަރާތަކަށް، މީހަކު ބުނާ ބަހަކުން ނުވަތަ، މާބޯޑަށް މީހަކު ހިތްހަމަ ނުޖެހޭ ގޮތަކަށް ކައިރިވުމުން ކުރީގެ ހަނދާންތައް ފްލޭޝްބެކެއްގެ ގޮތުގައި އާދެއެވެ. މިއީ ދިރިއުޅުމުގައި މާޔޫސްކަމާއި، ނުތަނަވަސްކަން އިތުރުކޮށް، އެފަދަ ފަރާތެއްގެ ދިރިއުޅުމަށް ބޮޑު އަސަރެއް ގެނުވާނެ ކަމެކެވެ.

އަމިއްލަ ނަފްސަށް ކުރާ އިތުބާރު ދަށްވުން

އުޅެ ބޮޑުވާ މާހައުލުން، ކުދިންނަށް ހުތުރުބަހުން މުޚާޠަބުކޮށް، މީހުން ދަށްކޮށް، ކުށް ދައްކާ މާހައުލެއްގައި ބޮޑުވާ ކުއްޖާ، ދިރިއުޅުމުގައި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ދަށްވެއެވެ. ކަންކަމުގައި އަމިއްލަޔަށް އިސްނަގަން ނުކެރެއެވެ. އަބަދުވެސް ތިމަންނާއަކީ ބަލިކަށި، ކަންކަން ނޭނގޭ މީހެއްގެ ގޮތުގައި ދެމިހުރެއެވެ.

ކުދި ކަންކަމުގައިވެސް މާބޮޑަށް ހާސްވެ ގޮތް ހުސްވުން

ގިނަ މީހުންނަށް ދިމާވާ ކޮންމެ ކަމެއްގައި ފަސޭހައިން ހައްލު ހޯދައެވެ. ނަމަވެސް، ތަފާތު ފިއްތުންތަކުގެ ތެރޭގައި ބޮޑުވާ ކުއްޖާގެ މުޅި ސިކުނޑި ފުރާލެވިފައިވަނީ ކަންބޮޑުވުމާއި މާޔޫސްކަމެވެ. މިފަދަ ކުދިން ބޮޑެތިވުމުންވެސް، ކުދި ކުދި ކަންކަމުގައި ފަސޭހައިން ފިކުރު ބޮޑުވެ، ކަންބޮޑު ކުރެވި، ހާސްވެ ގޮތް ހުސްވެއެވެ. މިއީވެސް ދިރިއުޅުމުގައި ކުރިއެރުމަސް ތަފާތު ބޮޑެތި ހުރަސްތަކެއް އެޅިގެންދާ ކަމެކެވެ.

ކަންކަން ބަލައިގެން ކުރުމަށް އުދަނގޫވުން

ޅައުމުރުގައި، ތަފާތު ޖިސްމާނީ، ނަފުސާނީ ގެއްލުމާއި ފިއްތުންތަކާއި ކުރިމަތިވެފައިވާ ކުދިން ނުވަތަ ޅައުމުރުގައި މަސްތުވާތަކެތި ބޭނުންކުރުމަށް ދެވި ހިފާ ކުދިން ބޮޑެތި ވުމުން، އެހެން މީހުން ކުރާ ކަންކަން ބަލައިގެން ކުރަން ނުވަތަ ކޮޕީކުރަން އުދަނގޫވެއެވެ. މިފަދަ މީހުންނަށް ކަންކަމަށް ސަމާލުކަން ދިނުމަކީ ދަތި އުނދަގޫ ކަމެކެވެ. މިފަދަ ފަރާތްތަކަށް ވަރަށް ބޮޑަށް އަޅާލުމާއި އެއްބާރުލުން އަދި ލޯބި ބޭނުންވެއެވެ. މިފަދަ ފަރާތްތައް އެހެން މީހުންނާއި ކަންކަން ހިއްސާކޮށް، ގާތް ގުޅުމެއް ބާއްވަން ބޭނުން ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!