ގައުމީ ދިފާއީ ބާރުން ދެއްވާ މިފަދަ އާންމު ހިދުމަތަކީ ޚަބަރެއް ގޮތަށް އިއުލާނުކުރާ ވަރަށްވުރެ ޟަރޫރީ ޚިދުމަތެއް ކަމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މާފަންނު ގެއެއްގެ 05 ވަނަ ފަންގިފިލާއަށް އުމުރުން ދުވަސްވީ އަންހެނަކު އެރުވުމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ޖަހައި ކޮށްފައިވާ ޓުވީޓެއް، ރީޓްވީޓް ކުރެއްވުމަށް ފަހު އަލީ ވަހީދު ބުނެފައިވަނީ، ގައުމީ ދިފާއީ ބާރުން ދެއްވާ މިފަދަ އާންމު ޚިދުމަތަކީ ޚަބަރެއް ގޮތަށް އިއުލާނުކުރާ ވަރަށްވުރެ ޒަރޫރީ ޚިދުމަތެއް ކަމަށާއި، އެއީ ރައްޔިތުންނަށް ޙައްގު ހިދުމަތެއް ކަމަށެވެ.
އަދި އެކަމަށް ޝުކުރުވެރިވާ ކަމަށާއި، އެމްއެންޑީއެފް ބޭފުޅުންނަށް އަބަދުވެސް ފަޚުރުވެރިވާ ކަމަށްވެސް އަލީ ވަހީދުގެ ވިދާޅުވެފައިވެއެވެ. އަދި ހަމަ އެގޮތަށް އުތުރު ތިލަފަޅު އެއްބަސްވުމަށާއި ސިޔާދަތަށްވެސް އިސްކަންދެއްވުމަށް އަލީ ވަހީދު ކުރެއްވި ރީޓްވީޓްގައި ބުނެފައިވެއެވެ.
އިޙުތިރާމާއެކު ދަންނަވަން. ޤައުމީ ދިފާޢީ ބާރުން ދެއްވާ މިފަދަ ޢާންމު ޚިދުމަތަކީ ޚަބަރެއް ގޮތަށް އިޢުލާނުކުރާ ވަރަށްވުރެ ޟަރޫރީ ޚިދުމަތެއް. ރައްޔިތުންނަށް ޙައްޤު ޚިދުމަތެއް. ޝުކުރިއްޔާ. ތިޔަބޭފުޅުންނަށްޓަކައި އަބަދުވެސް ފަޚުރުވެރިވަން. އުތުރު ތިލަފަޅާ ސިޔާދަތަށްވެސް އިސްކަންދެއްވާ https://t.co/Y82OmjNN3x
— Ali Waheed (@ali20waheed) October 20, 2021