ފެންޑާ
ދުވާލަކަށް 4 ތަށި ކޮފީ ވެސް “އޯކޭ”

ކެފެއިން އަކީ ސިއްހަތަށް، ޚާއްސަކޮށް ހިތުގެ މައްސަލަތަކަށް އޮތް ހައްލެއް ކަމަށް ފަހުގެ ހޯދުންތަކުން ވަނީ ދައްކައިފައެވެ. އެންމެ ފަހުގެ ހޯދުންތަކުން ދައްކާ ގޮތުން ދުބވާލަކު ހަތަރު ޖޯޑު ކޮފީ ބުއިމަކީ ހިތުގެ މައްސަލަތައް ދިމާވުން ވަރަށް ބޮޑަށް ކުޑަކޮށްދޭ ކަމެއް ކަމަށެވެ.

އެގޮތުން ދުވާލަކު ހަތަރު ޖޯޑު ކޮފީ ބޯނަމަ ކާޑިއޯވަސްކިއުލާ ސެލްތައް މަރާމާތު ކޮށްދޭ ކަމަށާއި އެ ސެލްތައް ހަލާކުވުމުން ދުރުކޮށްދޭ ކަމަށް ދިރާސާ އަކުން ވަނީ ދައްކައިފައެވެ.

ޖަރުމަނު ވިލާތުގެ ޔުނިވާސިޓީއެއް ކަމަށްވާ ހެއިންރިޗް-ހެނީ ޔުނިވާސިޓީ އަދި އައިޔޫއެފް ލެއިބްނިޒް ރިސާޗް އިންސްޓިޓިއުޓް ފޯ އެންވަޔަރަމެންޓަލް މެޑިސިން އިން ކުރި މި ދިރާސާގައި ބުނެފައިވަނީ ކޮފީގެ އިތުރުން ކެފެއިން އެކުލެވޭ އެހެން ބުއިން ތަކަކީވެސް ހިތުގެ މައްސަލަތައް ކުރިމަތި ވުމުގެ ބިރު އޮތް މީހުން ބޭނުންކުރަން މުހިއްމު އެއްޗެހި ކަމަށެވެ.

މި ދިރާސާ އާ ގުޅޭގޮތުން ރިސާޗް ޕްރޮފެސަރު ޓިން ޗީކޯ ވިދާޅ؛ުވީ ދިރާސާގެ ނަތީޖާ އާ އެކު ކޮންމެހެން ކެފެއިން ބޭނުންކުރާ މިންވަރު އިތުރުކުރަން ނުޖެހޭ ކަމަށެވެ. ނަމަވެސް ގިނައިން ކެފެއިން ބޭނުންކުރާ މީހުންނަށް، އެމީހުން ކެފެއިްނ ބޭނުންކުރާ މިންވަރު ހަށިގަނޑަށް ގެއްލުމެއް ނުލިބޭނެކަން ހާމަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!