ޚަބަރު
ބީއެމްއެލްއަށް 15 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަން ކޮށްފި

ބޭންކް އޮފް މޯލްޑިވްސްއަށް 15 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ޚިދުމަތުގެ އަގު ބީއެމްއެލް އިން ވަޒަން ކޮށްފިއެވެ.

މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމަށް ޚާއްސަ ހަފްލާއެއް ރޭގައި ވަނީ ބޭއްވިފައެވެ. މިހަފްލާގައި އެ ބޭންކަށް 15، 20، 25، 30 އަދި 35 އަހަރު ހިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް ވަނީ އެވޯޑު ހަވާލު ކޮށްފައެވެ. މިޝަރަފުވެރި އެވޯޑު އެބޭންކުގެ 61 ފަރާތެއް ހާޞިލްކޮށްފައި ވެއެވެ. މިހަފްލާ މެންހެޓަން ބިޒްނަސް ހޮޓެލްގައި ބޭއްވިފައި ވާއިރު، މި ހަފްލާގައި އެވޯޑުތައް ހަވާލު ކޮށްދެއްވާފައިވަނީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާރ ޓިމް ސޯޔާއެވެ.

މިހަފްލާގެ އެންމެ ޚާއްސަ އަދި ޝަރަފުވެރި އެވޯޑް ދެފަރާތެއް ހާޞިލްކޮށްފައިވެއެވެ. އެއީ ބީއެމްއެލްއަށް 30 އަހަރު އަދި އެށްވުރެ ދިގުމުއްދަތަށް ޚިދުމަތް ކުރުމުގެ ޝަރަފެވެ. މި އެވޯޑް ހާޞިލްކުރެއްވި އެއްފަރާތަކީ ބީއެމްއެލްގެ ކަސްޓަމާ ސާވިސް މެނޭޖާރ ޒުލްފާ މުހައްމަދެވެ. ޒުލްފާ ބީއެމްއެލް އަށް 35 އަހަރު ޚިދުމަތް ކޮށްފައިވެއެވެ. ދެވަނަ ފަރާތަކީ ބީއެމްއެލް އަށް 30 އަހަރު ޚިދުމަތްކޮށްފައިވާ އެ ކުންފުނީގެ ހެޑް އޮފް ކަސްޓަމާ ޕްރޮސެސިން ޝަމްސިއްޔާ އިބްރާހީމެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވެފައިވާގޮތުގައި، ބޭންކުގެ މުވައްޒަފުން ހީވާގި ކަމާއެކު ކުރަމުން އަންނަ މަސައްކަތަކަށް ފަހުރުވެރިވާ ކަމަށެވެ. އަދި މެދު ނުކެނޑި ކޮންމެ ދުވަހުކެމެ ރައްޔިތުންނަށް ހިދުމަތްދިނުމުގައި ނުހަނު ބުރަކޮށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަށް ޕްރޮފެޝަނަލް ކަމާއެކު ކުރައްވާ މަސައްކަތައް ވެސް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިހްލާސްތެރި ހިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ ސްޓާފް އެވޯޑް އަދި ލޯންގް ސަރވިސް އެވޯޑް ފަދަ ހަރަކާތްތައް ބާއްވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!