ޚަބަރު
ކޮވިޑް-19: ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަކުން ގިނައަދަދެއްގެ ކޭސްތަކެއް ފެންމަތިވެއްޖެ

ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުން ކޮވިޑް-19ގެ ގިނަ ކޭސްތަކެއް ފެންމަތިވެއްޖެއެވެ.

ގުރައިދޫ ކައުންސިލުން މައުލޫމާތުދިން ގޮތުގައި ގުރައިދޫގައި ހުންނަ ހާއްސައެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުން ތިން މީހަކު ކޮވިޑް-19އަށް ފައްސިވުމާއި ގުޅިގެން އިތުރު 49 ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެތެރެއިން 12 ސާމްޕަލް ފައްސިވެފައިވާ ކަމަށެވެ.

މީގެ އިތުރުން ހަތް ސާމްޕަލެއްގެ ނަތީޖާ އަދި ލިބިފައި ނުވާ ކަމަށާއި ހަތަރު މީހެއްގެ ސާމްޕަލް އަލުން ނަގަން ޖެހިފައިވާ ކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ގުރައިދޫގައި މިވަގުތުވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކޮށްފައެވެ. އެގޮތުން ޒަރޫރީ ބޭނުމެއްނެތި ގެއިން ބޭރަށް ނުދިޔުމަށާއި ބޭރަށް ނުކުމެ އުޅުނުކަމުގައިވިޔަސް ގައިދުރުކަން ގެންގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި ވެކްސިންގެ ދެޑޯޒް ހަމަކޮށްފައިތިބި މީހުންގެ އަދަދު ގިނަ ކަމުގައިވިޔަސް ސާފްޗެމްޕިއަންޝިޕާއި ގުޅިގެން މާލޭގައިވެސް ގިނަ އަދަދެއްގެ ކޭސްތައް މިދަނީ ފެންމަތިވަމުންނެވެ. އަދި މިބަލީގައި މަރުވާ މީހުންގެ އަދަދުވެސް ދަނީ މައްޗަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!