ޓުއާ ގައިޑަކަށް ވެގެން ފަތުރުވެރިއެއްގެ އަތްދަބަހުން ފައިސާތަކެއް ވަގަށްނެގި ބިދޭސީމީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ވިދާޅުވިގޮތުގައި ފަތުރުވެރިޔަކަށް އޮޅުވާލައިގެން ޓުއާގައިޑެއް ކަމަށް ހެދިގެން ފަތުރުވެރިޔާއެކު އުޅުމަށްފަހު އޭނަގެ އަތްދަބަހުން ފައިސާތަކެއް ވަގަށް ނެގުމަށްފަހު ބިދޭސީމިހަކު ފިލާފައިވާކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވިގޮތުގައި ފަތުރުވެރިޔާއާއެކު ގައިޑެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ފަހު ފަތުރުވެރިޔާ އާޓިފިޝަލް ބީޗް މޫދަށް އެރުނު ވަގުތު ވައްކަން ކޮށްފައިވާ ކަމަށާއި މިހާތަނަށް ތަހުގީގުގައި ކުރެވުނު މަސައްކަތުން ތުހުމަތު ކުރެވޭ މިހާއަކީ ބަނގްލަދޭޝް މީހެއްކަން ވަނީ އެނގިފައިވާ ކަމަށެވެ.
ފުލުހުންވަނީ އެމީހާގެ ފޮޓޯ އާންމުކޮށްފައެވެ. އެހެންނަމަވެސް އެއީ ކާކުކަން ނޭގޭ ކަމަށާއި އެމީހާ ހޯދުމުގައި އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމީހާއާއި ބެހޭ އެއްވެސް މައުލުމާތެއް އެގޭ ފަރާތެއްވާނަމަ ޓޫރިސްޓް ޕޮލިސްގެ ނަންބަރު 9790070 އަށް ގުޅާ އެ މައުލޫމާތު ހިއްސާކުރަން ފުލުހުން ވަނީ އެދިފައެވެ.