ޚަބަރު
އަންނަ އަހަރު ޖެނުއަރީގެ ކުރިން މިނިމަމްވޭޖް ކަނޑައެޅިގެންދާނެ: ރައީސް

އަންނައަހަރު ޖެނުއަރީގެ ކުރިން މިނިމަމްވޭޖް ކަނޑައެޅިގެންދާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އދ.ހިމަންދޫ ބަދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެންމެ ކުޑަ އުޖޫރައަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށާއި އަންނަ އަހަރު ޖެނުއަރީ ފެށިގެންދާނީ މިނިމަމް ވޭޖް ކަނޑައެޅިގެންކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވިގޮތުގައި މިނިމަމް ވޭޖް ކަނޑައަޅާ އަދަދުގެ ދިރާސާއެއް ލިބިފައިވާ ކަމަށާއި، އެމަޝްވަރާތައް ކުރިޔަށް ދާ ކަމަށެވެ. މީގެ އިތުރުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުން ކުންފުނިތަކުގެ މުވައްޒަފުންނާއި ޓޫރިޒަމް ދާއިރާގެ މުވައްޒިފުންގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުންނަށްވެސް މުސާރައިގައި ބޮޑުތަނުން ކުރިއެރުން ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ވަޒީފާގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި ރާއްޖޭގައި ހިންގާ 9 ސިނާއަތަކަށް (މަސްވެރިކަން، ދަނޑުވެރިކަން، ޓޫރިޒަމް، ކޮންސްޓްރަކްޝަން، ދަތުރުފަތުރު، ސިއްހީ ހިދުމަތުގެ ދާއިރާ، ތައުލީމީ ހިދުމަތުގެ ދާއިރާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް، އިންފޮމޭޝަން، ކޮމިއުނިކޭޝަން، ޓެކްނޮލޮޖީ، މެރިޓައިމް، ޝިޕިން ސިނާއަތް) ވަކިވަކިން ރިޔާއަތްކޮށް، އެއިން ކޮންމެ ސިނާއަތެއްގައި މަސައްކަތް ކުރާ މީހުނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭނެ އެންމެ ކުޑަ އުޖޫރައިގެ އަދަދާ މެދު ބޯޑުން ލަފާ ދޭން ޖެހޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!