ޚަބަރު
އެޗްއެސްސީގެ ފެތުމުގެ މުބާރާތާއެކު ތިނަދޫގައި ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް މާދަމާ ފަށާނެ

އެޗްއެސްސީގެ ފެތުމުގެ މުބާރާތާއެކު ތިނަދޫގައި މިއަހަރުގެ ޒުވާނުންގެ ދުވަސް  ކުލަގަފަކޮށް ފާހަގަ ކުރުމަށް ހަރަކާތްތައް މާދަމާ ހެނދުނު ފަށާނެއެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ތިނަދޫގެ ޖަމްޢިއްޔާ ތަކާއި ތިނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ތިނަދޫ ކޮމިއުނިޓީ ސެންޓަރު ގުޅިގެން ތިނަދޫގައި ބާއްވާ ޚާއްޞަ ޙަރަކާތްތަކުގައި ތެރޭގައި ހިމެނޭ ފެތުމުގެ މުބާރާތް ފަށާނީ ހެނދުނު 7 ޖަހާއިރުއެވެ.

ސަރުކާރުގެ މުވައްސަސާތަކަށް ހުޅުވާލައިގެން ތިނަދޫ ފަތާ ޓްރެކްގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މިހަރަކާތުގައި ގިނަ ޓީމުތަކެއް ބައިވެރިވެފައިވާއިރު 60 ވަރަކަށް މީހުން ބައިވެރިވާނެ ކަމަށް ހުވަދޫ ސްވިމިންގ ކްލަބުން ހާމަ ކުރެއެވެ.

ތިނަދޫގައި މިއަހަރު ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ ބައެއް ހަރަކާތްތަކުގެ ތެރޭގައި މަސް ރޭސް މުބާރާތް، ފެތުމުގެ މުބާރާތް، އަންހެނުންގެ ހޭންޑްބޯޅަ މެޗް, ފިރިހެނުންގެ ފުޓްސަލް މެޗް ، ލޭ ހަދިޔާ ކުރުން، އަދި މިއުޒިކް ޝޯވ ހިމެނެއެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް އެއް ޓީމެއްގެ ގޮތުގައި ބައިވެރިވާ ޖަމްޢިއްޔާ ތަކަކީ ހުވަދޫ ސްވިމިންގ ކްލަބް (އެޗްއެސްސީ), ހުވަދޫ ރެކްރިއޭޝަން (އެޗްއާރް), ހުވަދޫ އެސޯސިއޭޝަން ފޯރ ނޭޝަނަލް ޑިވެލޮޕަމަންޓް (ހޭންޑް), ހަވަރު ސްޕޯޓްސް ، ރައުހަތު ސްޕޯޓްސް ، ހުވަދޫ ބެޑްމިންޓަން ކްލަބް (އެޗްބީސީ) ، ތިނަދޫ އެސޯސިއޭޝަން ފޯރ ޔޫތު ޑިވެލޮޕަމަންޓް އެންޑް އެންޕަވަރމެންޓް (ޓޭޑް) ، ތިނަދޫ ޔޫތު ފުޓްބޯޅް ކްލަބް (ޓީވައި އެފްސީ) އަދި ސްޕޯޓްސް ކްލަބް ޔުނީކް (އެސްސީޔޫ) އާއި ސްކީމް- ތިނަދޫ ޗެޕްޓާރއެވެ. އަދި ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ހަރަކާތް ތަކުގައި ސްކައުޓް އެސޯސިއޭޝަން ބައިވެރިވެ އެވެ.

ތިނަދޫގައި 7 ދުވަހުގެ މުއްދަތަށް ޒުވާނުންގެ ދުވަހާ ގުޅިގެން ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. ތިނަދޫ ގައި ހިނގާ ހަރަކާތްތަކުގެ އޮފިޝަލް މީޑިއާ ތަކަކީ ހުވަދޫ، އޭއޯ ނިއުސް، އިވެންޓް ކާސްޓް، އަދި ގާފުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!