ހދ މަކުނުދޫ ސިއްޙީމަރުކަޒުގެ އެމްބިއުލާންސް ހަލާކުވެފައިވުމުން، މުސްކުޅި ބަލިމީހަކު ގޮވައިގެން ޑޮކްޓަރަށް ދައްކަން ބަރޯގާޑިޔާއެއްގައި ދިޔަ މަންޒަރު ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައި އާންމުވެއްޖެއެވެ.
ގާޑިޔަލެއްގައި ސިއްޙީމަރުކަޒު ކުރިމަތީގައި މުސްކުޅި ބަލިމީހާގެ ދަރިފުޅު ހުރި ފޮޓޯއެއް އާންމުކޮށް ޖަހާފައިވާ ޕޯސްޓުގައި ބުނެފައިވަނީ، ރޭ 12 ޖަހާއެހާކަންހާއިރު ބަލިހާލުގައިވާ މުސްކުޅި ބައްޕަ ގޮވައިގެން ދަރިފުޅު މަކުނުދޫ ސިއްހީ މަރުކަޒަށް ބަރޯއަކަށް ލައިގެން ގޮސްފައިވާ ކަމަށެވެ.
އަދި އެރަށު ސިއްހީމަރުކަޒުގައި އޮންނަ އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ އެތަކެއް ދުވަހެއް ވެފައިވާ ކަމަށެވެ.
އެމްބިއުލާންސް ހަލާކުވުމުގެ ސަބަބުން ޕިކަޕްގައާއި ގާޑިޔާތަކުގައި ބަލިމީހުން ހޮސްޕިޓަލްތަކަށް ގެންދާ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކަތަކެކެެވެ.