ޚަބަރު
ޕެނަލްޓީ ޖަހައިގެން ޔޫރޯ ތަށި އިޓަލީއަށް

ޕެނަލްޓީ ޖަހައިގެން އިންގްލޭންޑް ބަލިކޮށް އިޓަލީ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް ތަށި އުފުލާލައިފިއެވެ. މިއީ އިޓަލީވިލާތުން 1968 ވަނަ އަހަރަށް ފަހު ޔޫރޯގެ ތަށްޓެއް އުފުލާލެވުނު ފުރަތަމަ ފަހަރެވެ.

އިޓަލީ މެޗު ކާމިޔާބުކުރީ 3-2 އަކުން ޕެނަލްޓީ ޝޫޓް އައުޓް ކާމިޔާބުކޮށްގެންނެވެ. މެޗު ޕެނަލްޓިއަށް ދިޔައީ މެޗުގެ ފުލްޓައިމް ހަމަވިީ އިރުވެސް ނަތީއްޖާ އެއްވަރުވެ، ސްކޯ 1-1 އޮތުމުން އިތުރު ވަގުތުގެ ގޮތުގައި ކުޅުމަށް 30 މިނެޓްގެ ވަގުތުކޮޅެއް ދިނުމުންވެސް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުންނެވެ.

ލަންޑަންގެ ވެމްބްލީގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އިންގްލޭންޑުންނެވެ. އެޓީމުގެ ޑިފެންޑަރު ލޫކް ޝޯ މިލަނޑު ޖެހީ އެއް މިނެޓް ފަންސާސް ހަ ސިކުންތުގެ ތެރޭގައެވެ. މިއީ މުބާރާތުގެ ތާރީހުގައި ވެސް ފައިނަލް މެޗެއްގައި އެންމެ އަވަހަށް ޖެހި ލަޑެވެ.

ދެ ޓީމުގެ ފަރާތުން ހަމަ ހަމަ ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ހާފް ނިމުނީ އިންގްލޭންޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފްގައި އިންގްލޭންޑް ޓީމުން މަސައްކަތް ކުރީ 1-0 ގެ ސްކޯ ލައިނަކުން މެޗު ނިންމަންށެވެ. ދެވަނަ ހާފުގައި އިޓަލީ ގިނަ ހަމލާތަކެއް އިންގްލޭންޑް ގޯލަށް އަމާޒުކޮށް ކީޕަރާއި ޑިފެންޑަރުންނަށް ބާރު ބޮޑުކުރަމުން ދިޔައެވެ. މިކަމުގެ ނަތީޖާއަކަށްވީ މެޗުގެ 67 ވަނަ މިނެޓްގައި އިޓަލީން ލަނޑެއް ޖަހާ މެޗުގެ ސްކޯ އެއްވަރުކުރުމެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ތަޖުރިބާކާރު ޑިފެންޑަރު ލިއަނާޑޯ ބަނޫޗީއެވެ.

މެޗުގެ 90 މިނެޓް ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަަކަށް އިތުރު ލަޑެއް ޖެހޭގޮތް ވަނީ ނުވެފައެވެ. ނަތީޖާ ނެރުމަށް ކުޅުނު އިތުރު 30 މިނެޓްގައި ވެސް ދެ ޓީމުގެ ފަރާތުން ލަޑެއް ޖެހިފައި ނުވުމާއެކު މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.

އިޓަލީން ފައިނަލް މެޗު 3-2 އަކުން ކާމިޔާބު ކުރިއިރު، މޮޅު ކުޅުމެއް ފެނިގެންގިޔަ، އިޓަލީގެ ކީޕަރު ޑޮނަރޫމާ ވަނީ އިންގްލޭންޑްގެ ދެ ޕެނަލްޓީއެއް ހުއްޓުވައި މަތަކޮށްފައެވެ. މި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ލިބިގެން ގޮސްފައިވަނީ އިޓަލީގެ ކީޕަރު ޑޮނަރޫމާ އަށެވެ. މިއީ ޔޫރޯގެ ތާރީހުގައިވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ކީޕަރަކަށް ލިބުނު ދެވަނަ ފަހަރެވެ. މި މަޤާމް އެންމެ ފުރަތަމަ ހާޞިލްކޮށްފައި ވަނީ 1992 ވަނަ އަހަރު ޑެންމާރކް ގެ މަޝްހޫރު ކީޕަރު ޕީޓާ ޝްމައިކަލް އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!