މަޢުލޫމާތު
މުދަލާއި ގުޅޭ ކަންކަމަކީ މީސްތަކުންގެ މެދުގައި ވަރަށް ފަސޭހައިން މައްސަލަޖެހޭ ކަންކަން- ހުކުރު ޚުޠުބާ

ޒަކާތް ދިނުމަކީ، އިސްލާމް ދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ. ކީރިތި ޤުރުއާނުގައި، ނަމާދު ޤާއިމްކުރުމަށް ކުރައްވާފައިވާ އަމުރުފުޅާ ގުޅިގެން، ޒަކާތުގެ ވާހަކަ ބަޔާންކުރައްވާފައި ވުމުން، އިސްލާމްދީނުގައި ޒަކާތަށް ދެވިފައިވާ ޤަދަރު ވަރަށް ރަނގަޅަށް ފާޅުވާ ކަމުގައި ޚުޠުބާގައި ބުނެއެވެ.

ޒަކާތަކީ އޭގެ ސަބަބުން މުއްސަނދިންގެ މުދަލާމެދު ފަޤީރުންގެ ހިތްތައް ސާފުވެ، މުދަލުގެ އަހުލުވެރިންނަށް އެބައިމީހުންގެ ހެޔޮދުޢާ ލިބިގެން ދިޔުމުގެ ސަބަބެކެވެ. އަދި މުޖުތަމަޢުން ފަޤީރުކަން ފިލައި، ނިކަމެތީންގެ މޫނުމަތިން، އުފާވެރިކަމާއި، ރަޙްމާއި، ހަމްދަރުދީގެ މަތިވެރި ސިފަ، ރަމްޒުކޮށްދޭ ކަމެއް ކަމުގައި މިއަދުގެ ޚުޠުބާގައި ބުނެއެވެ. އޭގެ ސަބަބުން އިޖުތިމާޢީ ގުޅުންތައް ބަދަހިވެ، އިސްލާމީ ދައުލަތުގެ ބައިތުލްމާލަށް އިޤްތިޞާދީގޮތުން ލިބޭ ވަރުގަދަ ބާރެއްކަމުގައި ޚުޠުބާގައި ބުނެވިފައި ވެއެވެ.

މުދަލުގެ ޒަކާތް ނެރުން ވާޖިބުވަނީ 3 ޝަރުޠެއް ހަމަވުމުންކަމުގައި ޚުޠުބާގައި ބުނެއެވެ. އެއީ މުދަލުގެ ނިޞާބު ހަމަވެ، އެއަށް ހިޖުރީ އަހަރުން، 1 އަހަރު ފުރުމާއި، ތިމާގެ ފުރިހަމަ މިލްކުވެރިކަމުގައި އެމުދާ ހުރުންކަމުގައި ބުނެވިފައިވެއެވެ. މުދަލު ޒަކާތުގެ ނިޞާބަކީ ރަނުން ނަމަ 85 ގުރާމެވެ. ރިހިންނަމަ 595 ގުރާމެވެ. ދިވެހިރާއްޖޭގައި ނިޞާބު ބަލަނީ ރިހިންކަމުގައި ބުނެވިފައި ވެއެވެ. ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން ދިވެހި ފައިސާއިން ޒަކާތުގެ ނިޞާބަށް ޖެހޭ އަދަދަށް ބަދަލު އަންނާނެ ކަމުގައި ބުނެވިފައިވެއެވެ.

މީހެއްގެ އަތުގައި ހުރި މުދަލުގެ ނިޞާބު ހަމަވެ، ނިސާބަށްވުރެ މަދުނުވެ، ހިޖުރީ ސަނަތުން 1 އަހަރު ވެއްޖެ ނަމަ، އެ މުދަލެއްގެ 40 ބައި ކުޅަ 1 ބައި، ޒަކާތަށް ނެރުން ވަޖިބު ވާނެއެވެ. ޒަކާތް ނެރުން ވާޖިބު ވެފައިވާ މީހާ، ޒަކާތް ނެރުން ފަސްކުޅައުން ހުއްދަވެގެން ނުވާކަމުގައި ޚުޠުބާގައި ބުނެފައި ވެއެވެ. ވިޔަފާރިވެރިޔަކު ނަމަ، ނިޞާބު ހަމަވިތޯ ބަލާނީ އަތުގައި ހުރި ފައިސާގެ ތެރެއަށް ވިޔަފާރި މުދާ ގަތް އަގު އެއްކޮށް ޖުމްލަ އަގުންނެވެ. ކުންފުނި ހިންގާފަރާތްރަކުން ޒަކާތް ނުނެރޭނަމަ، ކުންފުނީގެ ޙިއްސާދާރުން އަމިއްލަޔަށް އެމީހެއްގެ ޙިއްސާއާއި، ފައިދާގެ ޒަކާތް ނެރުން ވާޖިބު ވާނެ ކަމުގައި ޚުޠުބާގައި ބުނެއެވެ. ޙިއްސާގެ އަގުން ޒަކާތް ނެރޭނީ އެއީ ގަނެވިއްކާ ޙިއްސާ ކަމުގައި ވާނަމައެވެ. އެނޫން ޙިއްސާތަކުން ޒަކާތް ވާޖިބު ވާނީ އެއިން ލިބޭ ފައިދާއިންނެވެ.

އަމިއްލަ ބޭނުމަށް ދުއްވާ އޮޑިދޯނިފަހަރާއި، ކާރާއި، ސައިކަލް އަދި ގެދޮރުން ޒަކާތް ދިނުން ވާޖިބެއް ނޫނެވެ. ނަމަވެސް އެފަދަ ތަކެތި ކުއްޔަށްދޭނަމަ، ލިބޭ ކުލިން ޒަކާތް ނެރެން ޖެހޭނެއެވެ. ވިއްކާ ނަމަ، އެތަކެތި އުފެއްދުމަށް ހޭދަވި މިންވަރަށް އަގުކޮށް ނިޞާބު ހަމަވާ ނަމަ، އަހަރު ފުރުމުން އެމުދަލުން ޒަކާތް ނެރެން ޖެހޭނެ ކަމުގައި ޚުޠުބާގައި ބުނެއެވެ. ދަނޑު ގޮވާމާއި، މޭވާއިން ޒަކާތް ދޭން ޖެހޭނީ ފަހަށް ރައްކައުކޮށްފައި ބެހެއްޓޭ ފަދަ އޮއްޓަރު ހުންނަ ގޮވާމުންނެވެ. ޒަކާތް ދޭންޖެހޭ މޭވާގެ ބާވަތްތަކަކީ ކަދުރާއި މޭބިސްކަދުރެވެ. ތަރުކާރީއާއި، އެހެނިހެން މޭވާގެ ބާވަތްތަކުން ޒަކާތް ދޭކަށް ނުޖެހޭނެއެވެ. އެފަދަ ބާވަތްތަކުން ޒަކާތް ދޭންޖެހޭނީ އެތަކެތި ވިޔަފާރި މުދަލެއްގެ ގޮތުގައި ބޭނުންކުރާ ނަމަ އެ ވިއްކައިގެން ލިބޭ އަގުން، ވިޔަފާރި މުދަލުން ޒަކާތް ދޭންޖެހޭ އުޞޫކުން ކަމުގައި ބުނެވިފައި ވެއެވެ.

ނަމާދު ފަދައިން ޒަކާތަކީވެސް އިސްލާމް ދީނުގެ ރުކުނެއް ކަމުގައި ވުމުން، ނަމާ އަދާކުރާނެ ގޮތުގެ ޙުކުމްތައް ދަސްކުރާފަދައިން ޒަކާތުގެ ޙުކުމްތައް ވެސް ދަސްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ޚުޠުބާގައި ބުނެވިފައިވެއެވެ.

މުދަލަކީ މާތް ﷲ ދެއްވާ އެއްޗަކަށް ވެފައި، އެކަލާނގެ އިރާދަ ކުރެއްވި އަޅަކު، މުއްސަނދި ކުރައްވަތެވެ، އަދި އިސާހިތަކު މީހެއްގެ މުއްސަނދިކަން ފަޤީރުކަށް ބަދަލުކުރައްވަތެވެ. މުދަލަކީ، މީހާ ކިތަންމެ ލޯބިވީ ނަމަވެސް، މަޙްޝަރަށް ގެންދެވޭނެ އެއްޗެއް ނޫނެވެ، ދުނިޔޭގައި ކިތަންމެ މުދަލެއް އެއްކުޅަޔަސް، އިންސާ ދާންޖެހޭނީ އެ ހުރިހާ ތަކެއްޗެއް ދޫކޮށްފައެވެ. މަރުވުމަށްފަހުގައި އޭނާއަށް މަންފާ ކުރަނީ، ﷲ ގެ މަގުގައި ހޭދަކުރި އެއްޗަކުން ކަމުގައި ޚުޠުބަގައި ބުނެވިފައި ވެއެވެ.

ޒަކާތުގެ ފައިދާ މުޖުތަމަޢަށް ކުރާނީ، ޢަދުލުވެރިކަމާއެކު، އޭގެ ހައްޤުވެރިންނަށް ޒަކާތް ބެހިގެން ކަމުގައި ބުނެވިފައި ވެއެވެ. މުދަލާއި ގުޅޭ ކަންކަމަކީ މީސްތަކުންގެ މެދުގައި ވަރަށް ފަސޭހައިން މައްސަލަޖެހޭ ކަންކަން ކަމުގައި ޚުޠުބާގައި ބުނެވިފައި ވެއެވެ. މާތްﷲ އަށް ބިރުވެތިވެ، މުދަލު ޒަކާތް ނެރުމަށް ފަރުވާތެރި ވުމަށް ޚުޠުބާގައި ގޮވާލާފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!