ޚަބަރު
ތިމާ ކުރިއަރައި ދިއުމަށް އަނެކާ ވައްޓާލުން މުހިންމެއް ނޫނެވެ.

ކޮންމެ އިންސާނަކުވެސް ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ހުންނާނެއެވެ. އަދި އެކަމެއް ހާސިލުކުރުމަށް ތިމާ ގަދައަޅައި މަސައްކަތް ކުރާނެ ކަންވެސް ހަމަ ޔަގީނެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުތެރޭގައި މަދުން ނަމަވެސް ފެންނަ ކަމެއްގެ ވާހަކަ މި ލިޔުމުގައި ހިމަނާލާނަމެވެ.

ތިމާ ކުރަން ބޭނުންވާ މަސައްކަތެއް ނުވަތަ ތިމާ ދާންބޭނުންވާ މިސްރާބަކަށް ވާސިލުވުމަށްޓަކައި އަނެކާގެ ކުރިއެރުމަށް ނުވަތަ އަނެކާ ކުރާ މަސައްކަތަށް ހުރަސްތަކެއް އެޅުމުގެ ގޮތުން އެތަކެއް ކަމެއް ކުރާ މީހުންނަކީ މަދުން ނަމަވެސް ފެންނަބައެކެވެ. ތިމާގެ އަޚާއަށް ކުރިއެރުމެއް ލިބޭތަން ބަލައިގެން ބައެއް މީހުން އެކަމާ އުފާކުރި ކަމުގައިވިޔަސް ހަސަދަވެރިކަމާއި ނަފްރަތުން ފުރިގެންވާ ބައެއް ރަހުމަތްތެރިނާއި ދަންނަ މީހުންގެ ތެރޭގައި ތިބެއެވެ.

ތިމާ ކުރަން އުޅޭ ކަމެއް ނުވަތަ ތިމާ ކުރަމުންދާ މަސައްކަތެއް އެހެން މީހަކު ނުވަަތަ ބަޔަކު ކުރަން އުޅުމަކީ އެއީ އެކަމެއްގެ ސަބަބުން ތިމާއަށް ލިބެން އޮންނަ ކުރިއެރުމެއް ނުލިބޭނެ ކަމެއް ކަމުގައި ވިސްނުމަކީވެސް މަދުބައެއްގެ މެދުގައި އޮންނަ ސަގާފަތެކެވެ. އެކަމެއް ހުއްޓުވުމަށް ތިމާއަށް ކުރެވެން އޮތް ކަމެއް ކުރާނެއެވެ. އެބަޔަކު ކުރިއަރައި ދިޔުމަށް ތިމާ ނޭދެންވީ ސަބަބެއް ނެތެވެ. ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތް ކުރުމުން ކާމިޔާބީއަށް ވާސިލުވެވޭނެއެވެ.

ބައެއް ފަހަރު ބައެެއް މީހުން އެހެން މީހުންގެ ކުރިއެރުމަށް ހުރަސް އެޅުމަށް މަސައްކަތް ކުރަނީ އަނެކާއަކީ ތިމާއަށްވުރެ ހިތްވަރުގަދަ ނުވަތަ ގާބިލް ބައެއް ކަމުގައި އަމިއްލަ އަށް ގަބޫލުކުރެވޭތީއެވެ. އެކަމާ ޖެހިލުންވަނީ އެވެ. ކިތަންމެ ގިނަ ފައިސާއެއް ހަރަދު ކުރި ކަމުގައިވީ ނަމަވެސް ތިިމާއަށް ލިބެން އޮތް ކުރިއެރުމެއް ވިއްޔާ ލިބޭނެއެވެ. ކޮމްޕެޓިޝަނަކަށް ބިރުން އުޅޭ ބަޔަކު އެހެން ބަޔަކަށް އެކަމެއް ނުކުރެވެން އޮންނަ ކޮންމެ ގޮތެއް ހޯދުމަށް މަސައްކަތް ކުރާނެއެވެ.

އެމީހުންނަށް ނޭނގެނީ އެންމެ ކަމެކެވެ. ހިތްވަރާއި އަޒުމެއްގައި މަސައްކަތް ކުރާ ބަޔަކީ އެހާ ފަސޭހައިން ބަލިކޮށްލެވޭނެ ބައެއް ނޫނެވެ. އެމީހަކު ބަދުނާމު ކޮށްލަށް ކޮންމެ ފަދަ ކަމެއްވެސް ކުރެވިދާނެއެވެ. ބިރުދެއްކިދާނެއެވެ. ނުކުރާކަންތައް ބޮލުގަ އަޅުވައިގެން ފަލީހަތްވެސް ކޮށްލެވިދާނެއެވެ. ނަމަވެސް އަޒުމް ވަރުގަދަ މީހަކު ބަލިކޮށްލުމަކީ ފަސޭހަ ކަމެއް ނޫނެވެ. ތިމާގެ ކުރިއެރުމަށް ބޭނުންވާ ފަދައިން އަނެކާވެސް ބޭނުންވަނީ ހަމަ އެންމެ ކަމެކެވެ. އެކަން ޙާސިލުކުރުމަށް އަނެކާ ވައްޓާލުން މުހިންމެއް ނޫނެވެ.

ހިތްވަރު ހުރިއްޔާ މަސައްކަތް ކުރާށެވެ. ހިނިވެސް ފަރުބަދަ ކަނޑައެވެ. ބޭނުމީ ވަގުތާއި ހިތްވަރެވެ. އަނެކާ ބަލިކޮށްލުމެއް ނޫނެވެ. ހަސަދަވެރި ނުވާށެވެ. އަނެކާއަށް ދެރައެއް ދީފަ ތިމާއަށް ތިމާގެ މުދަލުގައި ބަރަކާތް ލައްވާނެ ކަމަށް އެއްގޮތަކަށްވެސް ހީނުކުރާށެވެ. ކުރިއެރުމަކީ ވަކިބަޔަކަށް ލިބެންޖެހޭ އެއްޗެއް ނޫނެވެ. ތިމާގެ އަޚާ ގޮވައިގެން މަންޒިލަށް ވާސިލުވާށެވެ. ހަސަދަވެރިކަމަކީ ހަލާކެވެ. ހަސަދައިގެ ސަބަބުން މިތުރުން ހަތުރުންނަށް ވެއެވެ. ތިމާގެ އަގުވެެއްޓި މުޖުތަމަޢުތެރޭ އެކަހެރިވެގެން ދެއެވެ.

އެކުވެރިޔާއެވެ. ތިބާގެ އަޚާއަށް ހެޔޮއެދޭށެވެ. ތިބާގެ މުދަލުގައި ބަރަކާތް ލެއްވުމަށް އެދޭފަދައިން ފަދައިން ތިމާގެ އެކުވެރިޔާގެ މުދަލުގައިވެސް ބަރަކާތްލެއްވުމަށް އެދޭށެވެ ދަންނަވާށެވެ. ހިތްވަރާއެކު މަސައްކަތް ކުރާށެވެ. ބަލިވާ ފަހަރުވެސް އަންނާނެއެވެ. ތިބާ އަޚާގެ އަތުގައި ހިފައިގެން ތެދުވެގެން އަނެއްކާވެސް ހިތްވަރާއެކު މަސައްކަތް ކުރާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!