ޚަބަރު
14 ޓީމާއިއެކު ތިނަދޫ ޒުވާނުންގެ މަސް ރޭސް ފަށައިފި

ޖުމްލަ 14 ޓީމާއިއެކު ތިނަދޫ ޒުވާނުންގެ މަސް ރޭސް ފަށައިފއެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަސް ކުލަގަފަކޮށް ފާހަގަ ކުރުމަށް ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މަސް ރޭސް ފެށީ ތިނަދޫ ގައި ޒުވާންނުންގެ ދުވަހުގެ ޚާއްސަ ހަރަކާތްތަކަށް ތައްޔާރު ކޮއްފައިވާ ފެރީގިމަތަ ސަރަހައްދުން މިއަދު ހަވީރު 4 ޖެހި އިރުއެވެ.

ހުވަދޫ ރެކްރިއޭޝަން ކްލަބާއި އެންޖީއޯ ތަކުން އިންތިޒާމް ކޮށްގެން ބާއްވާ މި މަސް ރޭހުގައި ބައިވެރިވެފައި ވަނީ
ބްލެކް އެންޑް ވައިޓް ، ލަކީ ފިޝް ، ޖުގޯޖުގޯ، ހޯނޑެއްދޫ މަސްވެރިން ، ޑީކޭ ސްޕެއަރ، އެމްއެންޑީއެފް ،  އަމާރީ، މޯލްޑިވްސް ސްޓަރ، ހޭޔަންބޯ ، ގދ އަތޮޅު ކައުންސިލް ، ހަވަރު އަދި  އާރުޑީސީގެ، 2  ޓީމް  އަދި  ޕޮލިސް ޓީމެވެ. މިއިން ކޮންމެ ޓީމެއްގައި ހިމެނެނީ 6 މިހުންނެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ތިނަދޫ ގެ ޖަމްޢިއްޔާ ތަކާއި ތިނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ތިނަދޫ ކޮމިއުނިޓީ ސެންޓަރު ގުޅިގެން ތިނަދޫގައި ބާއްވާ ޚާއްޞަ ޙަރަކާތްތައް ފެށީ ހެނދުނު 7 ޖެހިއިރުއެވެ.

ތިނަދޫގައި މިއަހަރު ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ ބައެއް ހަރަކާތްތަކުގެ ތެރޭގައި މަސް ރޭސް މުބާރާތް، ފެތުމުގެ މުބާރާތް، އަންހެނުންގެ ހޭންޑްބޯޅަ މެޗް, ފިރިހެނުންގެ ފުޓްސަލް މެޗް ، ލޭ ހަދިޔާ ކުރުން، އަދި މިއުޒިކް ޝޯވ އާއި ކަލާ ރަން ހިމެނެއެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް އެއް ޓީމެއްގެ ގޮތުގައި ބައިވެރިވާ ޖަމްޢިއްޔާ ތަކަކީ ހުވަދޫ ސްވިމިންގ ކްލަބް (އެޗްއެސްސީ), ހުވަދޫ ރެކްރިއޭޝަން (އެޗްއާރް), ހުވަދޫ އެސޯސިއޭޝަން ފޯރ ނޭޝަނަލް ޑިވެލޮޕަމަންޓް (ހޭންޑް), ހަވަރު ސްޕޯޓްސް ، ރައުހަތު ސްޕޯޓްސް ، ހުވަދޫ ބެޑްމިންޓަން ކްލަބް (އެޗްބީސީ) ، ތިނަދޫ އެސޯސިއޭޝަން ފޯރ ޔޫތު ޑިވެލޮޕަމަންޓް އެންޑް އެންޕަވަރމެންޓް (ޓޭޑް) ، ތިނަދޫ ޔޫތު ފުޓްބޯޅް ކްލަބް (ޓީވައި އެފްސީ) އަދި ސްޕޯޓްސް ކްލަބް ޔުނީކް (އެސްސީޔޫ), އާއި ސްކީމް- ތިނަދޫ ޗެޕްޓާރއެވެ. އަދި ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ހަރަކާތް ތަކުގައި ސްކައުޓް އެސޯސިއޭޝަން ބައިވެރިވެ އެވެ.

ތިނަދޫ ގައި 7 ދުވަހުގެ މުއްދަތަށް ޒުވާނުންގެ ދުވަހާ ގުޅިގެން ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. ތިނަދޫ ގައި ހިނގާ ހަރަކާތްތަކުގެ އޮފިޝަލް މީޑިއާ ތަކަކީ ހުވަދޫ، އިވެންޓް ކާސްޓް، އަދި ގާފުއެވެ.

  1. ހަސަން

    ތިނަދޫގައި ތިނަދޫގެ ތިނަދޫ މިހެން ލިޔުމަށްވުރެ ލިޔުންތެރިކަން ކުރިއަރާގޮތަށް ކިޔާމީހުންނަށް ފަސޭހަވާނެ ގޮތަށް ލިޔުންތައް ބައްޓަންކުރުން މުހިއްމު