ޚަބަރު
ޒުވާނުންގެ ދުވަހާއި ގުޅިގެން ފަރެސްމާތޮޑާގައި ގިނަ ހަރަކާތްތަކެއް

މިއަހަރު ގެ ޒުވާނުންގެ ދުވަހާއި ގުޅިގެން ފަރެސްމާތޮޑާގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގޮސްފިއެވެ.

ހުވަދޫ އަށް މައުލޫމާތު ދެއްވަމުން ފަރެސްމާތޮޑާގެ ކައުންސިލް ނައިބް ރައީސް ނަސްރުالله މުހައްމަދު ވިދާޅުވީ ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގައި ކައުންސިލުން އިންތިޒާމްކޮށްގެން މިއަދު ހެނދުނު ވަނީ ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.

މި ހަރާކާތުގައި ފުލުހުންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް އެކަމަށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އަދި މިއަދު ހަވީރު ކައުންސިލްގެ ޓީމަކާއި ރަށުގެ ޒުވާނުންގެ ޓީމަކާއި ދެމެދު ވޮލީ މެޗެއް ކުޅުނު ކަމަށްވެސް ނަސްރުالله ވިދާޅުވިއެވެ.

ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކާއި ބެހޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ނަސްރުالله ވިދާޅުވީ  ފަރެސްމާތޮޑާ ޑަބްލިއުޑީސީ އާއި ރަށުގެ ޒުވާނުންގެ ޓީމަކާއި ކައުންސިލްގެއަންހެން ޓީމެއް ހިމެނޭ ގޮތަށް  އަންހެނުންގެ ފުޓްސެލް މެޗެއް މިރޭ ބެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ސްކޫލް ކުދިންނަށް ވެސް ބައިވެރި ވެވޭހެން ފުޓްސަލް މެޗެއް މިރޭބޭއްވުމަށް ތައްޔާރު ވަމުންދާ ކަމަށް ނަސްރުالله ވިދާޅުވިއެވެ.

ޒުވާނުންގެ ދުވަސް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ދަނީ ވަރަށް ކުލަގަދަ ކޮށް ފާހަގަ ކުރަމުންނެވެ. ސަރުކާރުން މިއަހަރުގެ ޒުވާނުންގެ ދުވަސް ރަސްމީ ކޮށް ފާހަގަ ކުރަނީކުޅުއްދުއްފުށީ ސިޓީގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!