ރިޕޯޓް
ހުވަދު އަތޮޅަށް އީދެއް !

އެހެން އަހަރުތަކާ ޚިލާފަށް ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް މުޅި ރާއްޖޭގައި ވަނީ ވަރަށް ބޮޑު ފޯރިއެއް ހިފާފައެވެ. ޒުވާނުންނާ ގުޅޭ އެތައް ހަރަކާތްތަކަކާއި ކުޅިވަރުތަކެއް ހިންގުމުގެ ފޯރިވަނީ ވަރަށް ބޮޑަށް ވެސް ގަދަވެފައެވެ. އެއް ކުޅިވަރަކަށް ވުރެ ގިނަ ކުޅިވަރުތަކެއް ނުހިނގާ ރަށެއް ނެތޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.

މަޝްހޫރު ހުވަދު އަތޮޅަށް ނުވަތަ މި އަތޮޅަށް ބަލާލާއިރު މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ހަރަކާތްތެރިވާ މިންވަރާއި ފަތިފައްޗަށް އަމުނާލާފައިވާ ކުޅިވަރުތައް ދާ ގޮތަށް ހީވަނީ ބޮޑު އީދެއް އައިސްގެން އުޅޭ ހެންނެވެ. އެއްގަމުގެ ރޭސްތަކާއި ކަނޑުގެ ރޭސްތަކެވެ. އަތު ބޯޅަ އާއި ފައިބޯޅައިގެ މުބާރާތްތަކެވެ. ސަޤާފީ ކުޅިވަރު ތަކާއި ޒަމާނީ ކުޅިވަރު ތަކެވެ. މިފަދަ އެތައް ކުޅިވަރެއް ފަށައި ހިނގަމުން ދާއިރު ރަށް ސާފު ކުރުމާއި އަގުވަޒަކުރުމާއި ލޭ ހަދިޔާ ކުރުމާއި ދަރުސް ދިނުމާއި އެކި ކަހަލަ ހޭލުންތެރިކަން އިތުރު ކުރުމަށް ވެސް އެތައް ޙަރަކާތެއް ހުވަދު އަތޮޅުގައި އެބަހިންފައެވެ.
މި ފަދަ ރޫޙެއް އުފެދުނީމާ މީގެ ޙަޤީޤަތް ވެސް ފެނޭތޯ ބަލާލަން. މުހިންމު ކަމަށް ދެކެމެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަސް މުޅި ރާއްޖޭގައި އެއްފަހަރާ ފާހަގަ ކުރުމަށް މިނިސްޓަރީ އޮފް ޔޫތުން ވަނީ ފައިސާ ގެ އެހީ ކޮންމެ ރަށްކަށްވެސް ދީފައެވެ. އަދި މަދުވެގެން 1 ހަރަކާތް ހިންގުމަށް ވަނީ އެދިފައެވެ. އަނެއްކޮޅުން އާ ކައުންސިލް ތަކުގެ ފުރާވަރު ދުވަސްކޮޅެވެ. ހަމަ އެހެންމެ ކޮވިޑް-19 ގެ ބޮޑު ތަދުން ކަރުހިއްކުން ފިލަން ފެށި ދުވަސް ވަރުވެސް މެއެވެ.

ހަމަ އެއާއެކު ރަށް ރަށުގައި ތިބި ޖަމްޢިއްޔާތައް ވަރަށް ހަރަކާތްތެރި ދުވަސް ވަރެއް އެސް މެއެވެ. މި ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ޖަމްޢިއްޔާތައް ފޫގަޅާފައިވާ ވަރު ވަރަށް ބޮޑެވެ. އެ އާއި އެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތައް އެ ތިބީ ރަށުގެ ރައްޔިތުން ކަންކަމަށް އަތުކުރި އޮޅާލައިގެންނެވެ. އެހެން ކަމުން ޒުވާނުންގެ މިއީދު ފޯރި ގަދަ ވުމުގެ އަސްލަކީ އެ ކަންކަން ކަމަށް ވުން ގާތެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގައި ވަރަށް ތަފާތު އެހެން ކަމެއް ވެސް ހުވަދު އަތޮޅުގެ ބައެއް ރަށްތަކުން ފާހަގަ ކުރެވެއެވެ. އެއީ އެންމެން އެއް ގަލަކަށް އަރާ ކައުންސިލް ތަކާ ކޮމިޓީގެ ގުޅުމެވެ. އެ ފަރާތްތަކާއި އެއް ސަފެއްގައި ތިބުމަށް ނުވަތަ އެއްބައިވަންތަކަން ތަން މިނަށް ދައްކައި ގުޅިގެން މަސައްކަތް ކުރުމެވެ.

މި ކަމުގައި އެންމެ ބޮޑު ނަމޫނާއެއް ދައްކަމުން ދަނީ ހުވަދޫ ގެ މައި ސަހަރު ކަމަށްވާ ނުވަތަ އަތޮޅުގެ އެންމެ އާބާދީ ބޮޑު ތިނަދޫ އިންނެވެ. މިއަހަރުގެ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަމުން ދާއިރު ރަށުގައި ހަރަކާތްތެރިވާ ހުރިހާ ޖަމްޢިއްޔާ ތަކާއި ސަރުކާރުގެ ކުންފުނި ތަކާއި ކައުންސިލާއި އެހެނިހެން ހުރިހާ މުޢައްސަސާ ތަކެއް ވެސް ތިބީ އެއް ފިކުރެއް ގައެވެ. އަދި މިއީ ރަށުގެ ރޫޙު ދިރުވައި ރަށަށް ގެންނަން މަގުފަހިވާ ކޮންމެ ކަމެއްގައި މި އުސޫލުން ގުޅިގެން މަސައްކަތް ކުރުމަކީ ކޮންމެ ހަރަކާތެއްވެސް “ބޮޑު އީދަކަށް” ވެގެންދާނެ ކަމެއްކަން ޤަބޫލު ކޮށްގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!