މަޢުލޫމާތު
ކާމިޔާބު މީހުންގެ ކިބައިގައިވާ އެހެންމީހުންނަށް ނޭނގޭ ބައެއް ކަންކަން

އަހަރަމެން ކޮންމެ މީހަކުވެސް ކާމިޔާބު ހާޞިލްކުރަން ބޭނުންވެއެވެ.

ބައެއް ފަރާތްތަކަށް ވަރަށް ފަސޭހައިން ކާމިޔާބު ހާޞިލް ކުރެވޭއިރު، ގިނަ އަދަދެއްގެ މީހުން ދިރިއުޅުމުގައި މާބޮޑު ކާމިޔާބެއް ނުލިބި، ހުރި ހާލަތުގައި ތާށިވެފައި ވާ ބައެއް ފަދައިން ދިރިއުޅުމުގައި ކާމިޔާބުގެ އިންތިޒާރު ކުރާ ބައެއްގެ ގޮތުގައި ތިބެއެވެ.

މިފަދަ ފަރާތްތަކަށް ކާމިޔާބާއި ދުރަށް ގެންދަނީ ކޮންކަމެއް ހެއްޔެވެ؟ ނަމަވެސް ބުނެވެނީ ކާމިޔާބީގެ ޚާއްސަ ސިއްރެއް ނުވަތަ ކާމިޔާބު ހާޞިލްކުރުމަށް އަމަލުކުރަންޖެހޭ ވަކި ޚާއްސަގޮތެއް ނުވަތަ މަގެއް ނޯވެއެވެ.

ކަން މިހެން ހުރި ނަމަވެސް، ކާމިޔާބު ފަރާތްތައް ކާމިޔާބު ހާޞިލްކުރުމުގައި ވަކި ޚާއްސަ އުޞޫލުތަކަކާއި ގޮތްތައް އެކުލެވެއެވެ. މިލިޔުމުގައި ބައެއް ކާމިޔާބު ފަރާތްތަކުގެ ކިބައިގައިވާ ބައެއް މުހިންމު ކަންކަން އެކުލަވާލަމެވެ.

ކާމިޔާބު މީހަކަށް ވުމަށް އެނެމެންގެ ރުހުން ހޯދަން ނުއުޅުން

ކާމިޔާބު މީހަކަށް ވުމަށް އެންމެންގެ ރުހުން ލިބިފައިވާ މީހަކަށް އެމީހާ ވުން ކޮންމެހެން މަޖުބޫރެއް ނޫނެވެ. ގިނަވަގުތު މަސައްކަތްކޮށް، އަމިއްލަ ނަފުސުގެ ކޮންޓްރޯލް ނަގައި، ވާދަކުރާ އެހެން ފަރާތްތަކަށްވުރެ ކުޅަދާނަ މީހަކަށް ވުން މުހިން މެވެ. އަމިއްލަޔަށް ދެކޭ ގޮތް ހާމަކުރުމުގެ ބަދަލުގައި އެހެން މީހުން އަޑުއަހަން ބޭނުންވާ ގޮތަށް ވާހަކަ ދައްކައިގެންވެސް މީހުންގެ ރުހުން ހޯދައެވެ. ނަމަވެސް އަމިއްލަ ނަފުޒު ބަދަލުކޮށްގެން ކާމިޔާބު ހޯދަން އުޅެފިނަމަ، ތިބާގެ އަމިއްލަވަންތަކަމާއި ޤަބޫލުކުރުންތައް ގެއްލިދެއެވެ. އަމިއްލަ ނަފުސު ޤަބޫލު ނުކުރާ ކަންކަން އިސްކޮށްގެން ހޯދާ ކާމިޔާބެއް ދެމެހެއްޓުމަކީ ފަސޭހަ ކަމެއް ނޫނެވެ. ކާމިޔާބު މީހުން ޤަބޫލުކުރާ ގޮތުގައި، ހަޤީޤީ ކާމިޔާބަކީ، އަމިއްލަ ނަފުސު ބަދަލު ނުކޮށް، އަމިއްލަވަންތަކަން ގެއްލުވާނުލައި، ހާޞިލްކުރާ ކާމިޔާބެވެ.

ކުރިމަތިވާ ކޮންމެ ހުރަހަކީ އިތުރު ފުރުޞަތެއް ކަމުގައި ދެކުން

ކާމިޔާބު މީހުން ޤަބޫލުކުރާގޮތުގައި ކާމިޔާބު ނުވާ ފަހަރުވެސް ކުރިމަތިލާން ޖެހެއެވެ. ކާމިޔާބަށް ވާސިލްވުމުގެ ރާސްތާގައި، ތަފާތު ގޮންޖެހުންތައް ކުރިމަތިވެއެވެ. ތަފާތަކީ، ކާމިޔާބު މީހުން، ދަތި އުނދަގޫ ވަގުތެއް ކުރިމަތިވުމުން، އަމިއްލަ ނަފްސު ކުށްވެރިކޮށް، އުއްމީދު ގެއްލުވާނުލާކަމެވެ. ދަތި އުދަނގޫ ހާލަތްތަކުގައިވެސް، ދިމާވާ ގޮންޖެހުންތަކުންވެސް، ރަނގަޅު ކަންކަން ދެނެގަނެ ފުރުޞަތު ހޯދަން އެފަދަ ފަރާތްތައް ދަނެއެވެ. ސަބަބަކީ ކުރިމަތިވާ ކޮންމެ ކަމެއްގައިވެސް، ކޮންމެވެސް ރަނގަޅު ކަމެއް އެކުލެވިފައި ވާނެތީއެވެ. ދިރިއުޅުމުގައި ދިމާވާކަންކަން އިދިކޮށް ވިސްނުމުގެ ބަދަލުގައި، ރަނގަޅަށް ވިސްނައި ކުރިޔަށް ދިޔުމުގެ ނުގުޑާ އަޒުމުގައި މަސައްކަތް ކުރާ ފަރާތްތައް ދިރިއުޅުމުގައި ކާމިޔާބެވެ. ދިރިއުޅުމުގައި ކުރިމަތިވާ ކޮންމެ ކަމެއްގައިވެސް، ރަނގަޅު ކަންކަމާއި، ނުރަނގަޅު ކަންކަން އެކުލެވެއެވެ. ކަންކަމާމެދު ރަނގަޅަށް ވިސްނުމަކީ، ޕޮޒިޓިވް މައިންޑް ސެޓެއްގެ ވެރިއަކަށްވެ، ކަންކަން ފަސޭހައިން ހާޞިލްވުމަށް އެޅޭ ބިންގަލެކެވެ.

އެހެންމީހުންނާއި އަމިއްލަޔަށް އަޅާނުކިޔުން

އަހަރަމެން އިންސާނުންނަށް އަބަދުވެސް، އެހެން މީހުން ދެކޭގޮތާއި، ވިސްނާގޮތް މުހިންމުވެއެވެ. މިއީ އިންސާނުންގެ ޠަބީއީ ސިފައެކެވެ. ނަމަވެސް ކާމިޔާބު މީހުން އަމިއްލަ ނަފުސު އެހެން މީހުންނާއި އަޅާ މިނެ ނުކިރައެވެ. އަމިއްލަ ނަފުސު އެހެން ފަރާތްތަކާއި އަޅާކިޔުމުގެ ބޭނުމެއް ނެތެވެ. ތަފާތު އިންސާނުންނަކީ ދިރިއުޅުމުގައި ޤާބިލިއްޔަތުކަން އެކިކަންކަމުގައި ހުންނަނީ އެކި ފެންވަރުގައެވެ. އެހެންކަމުން އެކަކު އަނެކަކާއި އަޅާ ނުކިޔޭނެކަން ކާމިޔާބު މީހުން ދަނެއެވެ. އެކި މީހުންގެ ދިރިއުޅުމުގައި ފެންނަން ނުހުންނަ ފަރުދާ ވެފައިވާ ކަންކަމުގައި ފޮރުވިފައިވަނީ ކޮންފަދަ ކަންކަމެއް ކަން އަހަރަމެންނަށް އަންދާޒާ ނުކުރެވޭނެއެވެ. ކާމިޔާބު މީހުން އަޅާކިޔައި ވާދަ ކުރަނީ އަމިއްލަ ނަފުސާއެވެ.

އަމިއްލަ ކޮންޓްރޯލުގައިވާ ކަންކަމަށް އެކަނި އަމާޒު ބެހެއްޓުން

ވަށައިގެންވާ މާހައުލާއި، މޫސުމާއި، ކައިރީގައިވާ މީހުންގެ އުޅުމާއި ގުޅުން، ނުދަންނަ ފަރާތްތައް ވިސްނާގޮތް ފަދަ ކަންކަމަކީ، އަހަރަމެންގެ ކޮންޓްރޯލްގައިވާ ކަންކަމެއް ނޫނެވެ. މިފަދަ ކަންކަމަކީ، އެކަންކަން ބަދަލު ކުރުމަށް ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެއްވެސް ބަދަލެއް ނާންނާނެ ކަންކަމެވެ.

ކާމިޔާބު މީހުން މިފަދަ ކޮންޓްރޯލުން ބޭރުގައިވާ ކަންކަން، ބަދަލުކުރުމަށް ވަގުތު ހޭދަ ނުކުރެއެވެ. މިފަދަ ފަރާތްތައް ބަދަލުގައި، އަމިއްލަ ކޮންޓްރޯލުގައިވާ ކަންކަން ބަދަލުކުރުމަށް އިސްކަންދެއެވެ. ކަމެއް ހާޞިލްކުރުމަސް ކުރާ މަސައްކަތް، ދައްކާ ވާހަޖަ، ކަންކަމާއި ދެތެރޭ އަމިއްލަޔަށް ދެކޭގޮތް، އަމިއްލަޔަށް އަމަލުކުރާ ގޮތް، މިފަދަކަންކަމަކީ އަމިއްލަޔަށް ކޮންޓްރޯލް ކުރެވޭ، އެކަމެއް ބަދަލުކޮށްގެން ކާމިޔާބަށް ވާޞިލްވެވޭނެ ކަންކަމެވެ. އަމިއްލަޔަށް ބާރު ނުފޯރުވޭ ކަންކަމާއި ވިސްނައި، އެފަދަ ކަންކަން ބަދަލުކުރަން މަސައްކަތް ކުރުމަކީ، އަގުހުރި ވަގުތު ބޭކާރުވެ، އެއިން އެއްވެސް ނަތީއްޖާއެއް ނުނުކުންނާނެ ކަންކަމެވެ.

ޝުކުރުވެރިވުމަށް ހަނދާންކުރުން

ދުވަސް ކިތަންމެ އުނދަގޫ ނަމަވެސް، ޝުކުރުވެރިވާންޖެހޭ ކޮންމެވެސް ކަމެއް ކުރިމަތިވާނެއެވެ. މިއަދު މައްސަލައެއްގެ ގޮތުގައި ކުރިމަތިވާ ކަމަކުން، މާދަމާ ކަންކަން ނިންމުމުގައި އިބްރަތްތެރި ފިލާވަޅަކަށް ވުން އެކަށީގެންވެއެވެ.

ދިރިއުޅުމުގައި، ރަނގަޅު ނިންމުން ނިންމައި، ހަރުދަނާ މީހަކަށް އަހަރަމެން ވުމަށް ބާރުއަޅަނީ، ދިރިއުޅުމުގައި ހެދޭ ގޯސްތަކާއި، ދިމާވާ މައްސަލަތަކާއި، ދަތި އުނދަގޫ ހާލަތެވެ. މިފަދަ އެތައްކަމެއް، ކާމިޔާބީއަށް ދަތުރުކުރާ މަގުގައި ކުރިމަތިވެއެވެ. ކާމިޔާބު މީހުން ލިބިފައިވާ ކަންކަމަށް އަބަދުވެސް ޝުކުރުވެރިވާން ހަނދާން ނައްތާނުލައެވެ.

ހިތްމަތާއެކު ހުއްޓުމެއްނެތި މަސައްކަތް ކުރުން

ނާކާމިޔާބީ އަދި ދަތި އުދަނގޫ އަކީ ކަމެއް ހާޞިލްކުރުމަށް ނާއުއްމީދުވާންޖެހޭ ކަމެއް ކަމުގައި ނުދެކުން މުހިންމެވެ. ހާޞިލް ކުރަން ބޭނުންވާ ލަނޑުދަނޑި ވާސިލް ނުވާނެކަމަށް ހީވުމަކީ، އެކަމެއް ހާޞިލް ކުރުމަށް ނާއުއްމީދުވެ، ވިސްނުން ބަދަލުވެ، އިޙްސާސްތައް ބަދަލުވެ، މާޔޫސްވާކަމެކެވެ. ނަމަވެސް ހިތްމަތާއެކު މަސައްކަތްކުރުމުން ކޮންމެ ކަމެއްވެސް ބަދަލުވާނެއެވެ.

އަމިއްލަޔަށް ކުރާ ކަންކަމުގެ ޒިންމާ އަމިއްލަޔަށް ނެގުން

ކަމެއް ގޯސްވިނަމަވެސް އޭގައި ކަންތައްތަކެއް އެކުލެވޭނެއެވެ. އެކަމެއްގައި އަމިއްލަ މައްސަލައެއްވާނަމަ، އެކަން ޤަބޫލުކޮށް، އެކަމެއްގެ ޒިންމާ އަމިއްލަޔަށް ނެގުމަށް އާދަކުރަން ޖެހެއެވެ. އަމިއްލަޔަށް ހެދޭ ގޯސް، އެހެން މީހުންގެ ބޮލުގައި އަޅުވައި ކަންކަމުން ރެކުމަކީ ކާމިޔާބު މީހުން ގެންގުޅޭ ސިފައެއް ނޫނެވެ.

އެއްގޮތް ވިސްނުން ގެންގުޅޭ މީހުންނާ އެއްކޮށް އުޅުން

އެއްގޮތް ވިސްނުން ގެންގުޅޭ، ކުރިޔަށްދިޔުމަށް ހިތްވަރުދޭ ގްރޫޕަކާއި އެއްކޮށް އުޅުމަކީ، ކުރިޔަށް އެޅިގެންދާނެ ބާރެކެވެ. އަގުހުރި ފިލާވަޅުތައް އެކަކު އަނެކެއްގެ ކިބައިން ދަސްކުރެވިދާނެއެވެ.

އެއްގޮތް ވިސްނުމުގެ މީހުންނާއިއެކު އުޅުމަކީ، އެއްވިސްނުމެއް ކުރިޔަށް ނެރެ، ކާމިޔާބު ހާޞިލްކުރުމަށް އެޅިގެން ދާނެ ބާރެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!