ޚަބަރު
ޓޭޑް ޖަމްޢިއްޔާގެ ފައްލަވެރި 2021 ފަށައިފި

ޓޭޑް އިން އިސްނަގައިގެން ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ސިވިލްސާރވިސް ޓްރެއިންގ އިންސްޓިޓިއުޓްއާއި ގުޅިގެން ޒުވާނުންގެ ދުވަހާއި ގުޅުވަގެން ބާއްވާ ޓްރެއިންގ ޕޮރްގުރާމް ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީ.އާރ.ސީގައި ފެށިގެން ކުރިއަށްދާކަމުގައި ޓޭޑްގެ ރައީސް އިނާޒު މުހައްމަދު މައުލޫމާތު ދެއްވިއެވެ.

ޓޭޑުން މި ޓްރެއިންގ ޕޮރްގްރާމް އަމާޒުކޮށްފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. ތިނަދޫގެ މުވައްސަސާތަކާއި ކުންފުނިތަކުގެ އިތުރުން ކްލަބްޖަމްޢިްޔާތަކަށްވެސް މި ޓްރެއިނިންގައި ބައިވެރި ވުމުގެ ފުރުސަތު ދެވިފައިވާ މި ޓްރެއިނިންގައި ޖުމްލަ 34 ބައިވެރިން ބައިވެރި ވެފައިވާކަމުގައި އިނާޒު މައުލޫމާތުދެއްވިއެވެ.

މިގޮތުން ޕޮޒެޓިވް ތިންކިންގ ޕޮޒެޓިވް އެޓިޓިއުޓް އެންޑް މޯޓިވޭޝަންގެ ގެ ދާއިރާއިން ހިންގާ މިޓްރެއިނިންގެ ކްލާްސްތައް ނަންގަވައި ދެއްވަނީ ސިވިލްސާރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ތަޖުރިބާކާރު ޓްރެއިނާއެކެވެ. 22 އޮކްޓޫބަރު 2021 އިން ފެށިގެން 24 އޮކްޓޫބަރު 2021ގެ ނިޔަލަށް ކްލާސްތައް ކުރިއަށްދާ މި ޓްރެއިނިންގ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ 25 އޮކްޓޫބަރު 2021ވަނަ ދުވަހުގެ ހަވީރުގައެވެ.

މިޓްރެއިނިންގ ފުރިހަމަ ކުރައްވާ ބައިވެރިންނަށް ސިވިލްސާރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ސެޓްފިކެޓް ލިބޭނެކަމަށް ވެސް ޝިޔާޛު މައުލޫމާތު ދެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!