ޚަބަރު
ފިޔޯރީ އައުޓްޑޯ ޖިމް ހުޅުވައިފި

ގދ ފިޔޯރީ ގައި ފުރަތަމަ ފަހަރަށް އައުޓްޑޯ ޖިމެއް ހުޅުވައިފިއެވެ.

ފިޔޯރީ ކައުންސިލުން އެރަށު ފޭސް ޖަމްޢިއްޔާ އާއި ޙަވާލު ކޮށްގެން ހެދި ޖިމް އިއްޔެ ހަވީރު ހުޅުވައި ދިނީ ވަރަށް ފަހުން ސްފައިސް ޖަމްޢިއްޔާއިން ފިޔޯރީ ގައި ބޭއްވި ކަސްރަތު ޕްރޮގްރާމްގެ 1 ވަނަ ހޯދި 2 ފަރާތް ކަމުގައިވާ މުޙައްމަދު އިޤްބާލް އާއި އައިމިނަތު ޝިފާނާއެވެ.

ރައްޔިތުންގެ ގިނަ ބަޔަކު ބައިވެރި މި ރަސްމިއްޔާތަށް ފަހު ހުވަދޫ އަށް މަޢުލޫމާތު ދެއްވަމުން ފިޔޯރީ ރައީސް ފައިޒަރު ރަޝީދު ވިދާޅުވީ އެ ޖިމް ހެދުމަށްޓަކައި ބޭނުންވާ ތަކެތި 2017 ވަނަ އަހަރު ފިޔޯރީ އަށް ލިބިފައިވާ ކަމަށާ ކައުންސިލް ގެ މި ދައުރަށް ހޮވުމަށް ފަހު އެ ތަކެތި ޖިމެއްގެ ގޮތުގައި ތައްޔާރު ކުރުމަށް ވަރަށް ބޮޑަށް އިސްކަންދީ މަސައްކަތް ކޮއްފައިވާނެ ކަމަށެވެ. އެގޮތުން ފިޔޯރީ ގެ ފޭސް އާއި ހަވާލު ކުރުމަށް ހުރިހާ މަސައްކަތެއް ނިމި އާންމުކޮށް ބޭނުން ކުރުމަށް ހުޅުވާލުމުން އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި މަސައްކަތް ކޮށްދިން ފޭސް ޖަމްޢިއްޔާ އަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާކަމަށެވެ. އަދި ޖިމު ބޭނުން ހެޔޮގޮތުގައި ކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށްވެސް ރައީސް ފައިޒަރު ރަޝީދު ވިދާޅުވިއެވެ.

ފިޔޯރީ ޖިމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވި އެރަށު ޒުވާނަކު ބުނީ 4 އަހަރު ވަންދެން ތަކެތި ހުރެފައި ޖިމް ނެހެދި ހުއްޓާ މި ދައުރުގެ ރައީސް އެކަން ޙަޤީޤަތަކަށް ހެއްދެވީތީ ވަރަށް ބޮޑަށް އުފާކޮށް ޝުކުރު ދަންނަވާ ކަމަށާއި އަދި މިއީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ފިޔޯރީ ގައި އިއްޔެ ހުޅުވި އައުޓްޑޯ ޖިމް ގައި އެއް ފަހަރާ 12 ވަރަކަށް މީހުންނަށް ކަސްރަތު ކުރެވޭނެ މެޝިން ތައް ވަނީ ބަހައްޓާފައެވެ. ޖިމް ތައްޔާރު ކުރެވިފައި ވަނީ ފިޔޯރީ ގެ ބަނދަރު ސަރަހައްދުގައި ކުޑަކުދިންނަށް ހަދާފައިވާ ޕާކުގެ އެއް ފަރާތުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!