ޚަބަރު
ފެނަކަ ،އާރްޑީސީ ،ޕަބްލިކް ވަރކްސްގެ ވަޒީފާ އަދާކުރާ ޒުވާނުންގެ އަގު ވަޒަން ކޮއްފި

ފެނަކަ ،އާރްޑީސީ ،ޕަބްލިކް ވަރކްސްގައި ވަޒީފާ އަދާކުރާ ޒުވާނުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ތިނަދޫ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީއިން ޚާއްޞަ ހަދިޔާއެއް ދީފިއެވެ.
ތިނަދޫ ގައި ޒުވާންނުންގެ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގައި ހިމެނޭ މި ހަރަކާތުގައި ފެނަކަ ،އާރްޑީސީ ،ޕަބްކް ވަރކްސްގެ ޒުވާނުންނަށް ހަދިޔާ ޙަވާލު ކޮށްފައި ވަނީ އެ 3 ކުންފުނިގެ މަސައްކަތު ސައި ޓް ތަކަށް ޒިޔާރަތްކޮށެވެ.

އަދި މި ހަރަކާތުގައި ވެސް ތިނަދޫ ގައި ޒުވާނުންގެދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ގުޅިގެން މަސައްކަތް ކުރާ އެންމެހާ ޖަމްޢިއްޔާތަކާ ކޮމިއުނިޓީ ސެންޓަރާއި ތިނަދޫ ކައުންސިލުން ބައިވެރިވިއެވެ.


މި ވަގުތު ތިނަދޫ ގައި ސަރުކާރުން ހިންގާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކާއި ރަށުގެ މުނިސިޕަލް ބައެއް މަސައްކަތް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާ 3 ކުންފުނި ކަމަށްވާ ފެނަކަ ،އާރްޑީސީ ،ޕަބްކް ވަރކްސްގެ ޒުވާނުންނަށް ތިނަދޫ ޑަބްލިއު ޑީ ސީ އިން ދިން ހިތްވަރު ދިނުމުގެ ހަދިޔާ ގައި ހިމެނެނީ ހެނދުނު ނާސްތާ އެއްގެ ގޮތުގައި ދިން ޕިއްޒާ ގެ އިތުރުން ކޮންމެ ޒުވާނަކަށް ވަކި ހަދިޔާއެކެވެ. އަދި ކުއްލި ސަޕްރައިޒް އެއްގެ ގޮތުގައި އެފަދަ ޚާއްޞަ ގޮތަކަށް އަގުވަޒަންކުރުމުން އެ ކުންފުނި ތަކުގައި މަސައްކަތް ކުރާ ޒުވާނުންވަނީ ތިނަދޫ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީ އާއި ގުޅިގެން މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވައެވެ.


މި ހަރަކާތުގައި ތިނަދޫ ރައީސް ސައުދު ޢަލީ އާއި ނައިބު ރައީސް ނަސްރަﷲ ޢަލީ އާއި ޑަބްލިއު ޑީ ސީ ރައީސާ ޖީޒާ ޙަސަން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Comment