ޚަބަރު
އިންޑިޔާ ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު ދަންނަވަން: މާރިޔާ

އިންޑިޔާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަނގަކޮށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިންޑިޔާ ސަރުކާރަށް ޝުކުރު ދަންނަވައިފިއެވެ.

އިންޑިއާގައި ކުރިއަށްދާ ޑިފެންސް ކޮންކްލޭވްގައި ދެއްވި ވީޑިއޯ މެސެޖެއްގައި، ރާއްޖޭގެ ޑިފެންސް މިނިސްޓަރ ވިދާޅުވީ ރާއްޖެއިން އެހީތެރިކަމަކަށް ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އިންޑިޔާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި ރާއްޖެ އާއި އިންޑިއާއާ ދެމެދު މިއަދު އޮތް ގުޅުން ކުރިއަށްވުރެ ވަރުގަދަ ކަމަށެވެ.

އިންޑީޔާއިން ވަނީ ރާއްޖޭގެ އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ބަލާލާއިރު ސުނާމީ ކާރިސާގެ އިތުރުން ކޮވިޑް-19ގެ ނުރައްކާތެރި ހާލަތުގައި އިންޑިޔާއިން ރާއްޖެއަށް ވެދެއްވި އެހީތެރިކަން ފާހަނގަ ކުރައްވާ މާރިޔާ ވަނީ އިންޑިޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

އެހެންނަމަވެސް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ދަނީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ ސިލްސިލާ މުޒާހަރާތައް ކުރިޔަށް ގެންދަމުންނެވެ.

Comment