ރަންފޯރ މޯލްޑިވްސްގެ ކަލަރ ރަން މިއަދު ހަވީރު ތިނަދޫ ގައި އޮންނާނެކަމުގައި އެ އެސޯސިއޭޝަނުން ވިދާޅުވެއްޖެއެވެ.
ޔުނީކްސް ސްޕޯޓިންގ ނުވަތަ ރަންފޯރ ފޯރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ރޭޝަން ޝަރީފް ހުވަދޫ އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ވިދާޅުވީ ތިނަދޫ ބާއްވާ ރަން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ކޮމިއުނިޓީ ސެންޓަރު ގެ ކުރިމަތިން ކަމަށާއި މި ރަން ވެސް ކުރިޔަށް ދާނީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް އިއްޔެ ހަވީރު ތިނަދޫ ގައި ބޭއްވި ރަން ކުރިއަށް ގެންދިޔަ ރޫޓްގައި ކަމަށެވެ.
ތިނަދޫ ކައުންސިލާއި ތިނަދޫ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީ, ތިނަދޫ ކޮމިއުނިޓީ ސެންޓަރ އަދި ތިނަދޫ ސްޓޭޑިއަމާއި އާރޫ ސްޕޯޓްސް ކައުންސިލަރ ގުޅިގެން މިއަދު ހަވީރު 4 ޖަހާ އިރު ބާއްވާ ކަލަރ ރަން ގައި ބޭނުން ކުރާ ޓީޝާޓާއި އެކު އަދި އަމިއްލަ ޓީޝާޓާއި އެކު 100 އަށް ވުރެ މީހުން ބައިވެރިވާނެ ކަމަށް ރަން ފޯރ މޯލްޑިވްސްގެ އިން މައުލޫމާތު ދެއެވެ.
ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ތިނަދޫ ގައި ހިނގާ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ކުރިޔަށް ގެންދާ މި ދުވުމުގެ ފެށުމާއި ނިމުމުގައި ކުލަ ޖެހުން އޮންނާނެއެވެ. އަދި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް އިނާމު ގެ ގޮތުގައި 2 ބައިސްކަލް, ސެންޓް ޕޭޖް އަދި 2 މީހަކަށް ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ރަން ފޯރ މޯލްޑިވްސްގެ ފަރާތުން މީގެ 2 އަހަރު ކުރިން ފަށިގެން ރާއްޖެއަށް ތައާރަފު ކުރި ކަލަރ ރަން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ބާއްވަމުބްނެވެ. ތިނަދޫ އަށް ފަހު ދެން މި ރަން ބާއްވާނީ އައްޑޫ ސިޓީ ގައި ކަމަށް ރަން ފޯރ މޯލްޑިވްސް އިން ހާމަ ކުރެއެވެ.
ކަލަރ ރަން މެއިން ސްޕޮންސަރ އަކީ ލިޓަސް އެވެ.