މިއަހަރުގެ ޕީކް ސީޒަނާ ދިމާކޮށް 33 އެއާލައިނަކުން ރާއްޖެއަށް ދަތުރު ފަށައިފިއެވެ.
ކޮވިޑ-19 އާއި ގުޅިގެން ރާއްޖެއަށް ދަތުރުކުރި ގިނަ އެއަރލައިންތަކުން ވަނީ ދަތުރުތައް މެދު ކަނޑާލާފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު ރާއްޖެއަށް އެންމެ ގިނަ އެއަރލައިންތައް އަންނަނީ ގަތަރާއި އެމިރޭޓްސްއިންނެވެ. މިދިޔަ އޮގަސްޓު މަހުން ފެށިގެން އެއަރލައިންތަކުގެ ދަތުރުތައް މިވަނީ ގިނަވެފައެވެ.
މީގެ އިތުރުން ޕީކް ސީޒަނާ ދިމާކޮށް އަންނަ މަހުން ފެށިގެން އިތުރު އެއަރލައިންތައް ރާއްޖެއަށް ދަތުރުތައް ފަށާނެކަމަށް ލަފާކުރެވޭ ކަމަށް ރިސޯޓްތައް ހިންގާ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.
މިސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 960000 ޓޫރިސްޓުން ގެނައުން ކަމަށްވާތީ، މިއަމާޒަށް ވާސިލް ވުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 923،146 ފަތުރުވެރިން އައިސްފައި ވެއެވެ.
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމުގެ އުއްމީދުވެސް އެބަ އޮތް ކަމަށެވެ.