މީހުން
ނިކް ވުޖިސިޗް ނުކުޅުންތެރި ފަރާތްތަކަށް ނަމޫނާއެއް

މިއީ ނިކް ވުޖިސިޗްގެ އިންސްޕިރޭޝަނަލް ވާހަކައެކެވެ. މިއީ އުފަންވިއިރު އަތާއި ފަޔާއި ނުލައި އުފަންވި މީހެއްގެ ވާހަކައެކެވެ.

ޔުގޮސްލާވިއާ އިން ސާބިއާއަށް ހިޖުރަކުރި ޑުޝަންކާ އާއި ބޮރިސްލާވް ވުޖިޗިޗް އަށް 1982 ވަނަ އަހަރު ލިބުނު ދަރިފުޅު އުފަންވީ އިރު އަތާއި ފަޔާއި ފުރިހަމައަށް އުފެދިފައި ނެތެވެ. އޭނާގެ އޮޓޯބަޔޮގްރަފީގައި ވާގޮތުން ނަރުސް ކުއްޖާ އޭނާ އުފަންވުމުން އޭނާގެ މަންމަ ކައިރިއަށް ގެންދިޔުމުން ކުއްޖާ ފެނިފައި އުރަން ދެކޮޅު ހެދިއެވެ. އަދި ފަހުން ހޮސްޕިޓަލް ބޭރަށް ނުކުމެ ނިކްގެ މަންމަ އާއި ބައްޕަ ހޮޑު ލިއެވެ. ނަމަވެސް ފަހުން ހާލަތު ގަބޫލުކޮށް އެއީ ” ދަރިފުޅަށްޓަކައި މަތިވެރި ކަލާނގެ މިންވަރު ކުރައްވާފައިވާގޮތްކަން” ގަބޫލުކޮށް ދަރިފުޅުގެ ބޮލުގައި ފިރުމާ ދަރިފުޅު ބަލައިގަތެވެ.

އޭނާ ލިޔަން ދަސްކުރީ އޭނާގެ ވާތްފަރާތު ފައި ހުންނަތަނުން ނުކުމެފައިވާ ދެ އިގިލިންނެވެ. ނިކް  އެހެން އިންސާނުންނެކޭ އެއްފަދައިން ކުޅިވަރުތައްވެސް ކުޅެއުޅެއެވެ.  ކުޅަދާނަކަމާއެކު ފަތައެވެ. އޭނާބުނާގޮތުގައި ފަތަންފެށީ އޭނާގެ ބައްޕައާއެކު އުމުރުން އެންމެ 18 މަހުން ފެށިގެންނެވެ. އަޖައިބެއްފަދަ މިޒުވާނާ މިހާރު ވަޒީފާ އަދާކުރަނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ލައިފް ވިތްއައުޓް ލިމްބްސްގައެވެ. އޭނާގެ ޓީމާއެކު އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމަށް އިންޖީނުލީގޮނޑިއެއް ބޭނުންކުރެއެވެ. މީގެ އިތުރުން ބިންމަތީގައި ހިގާވެސްއުޅެއެވެ. އޭނާ ބެޗެލާސް ޑިގްރީ ހާސިލުކޮށްފައިވަނީ އުމުރުން 21 އަހަރުގައެވެ. މިހާރު ދިރިއުޅެނީ އެމެރިކާގެ ލޮސްއޭންޖަލިސްގައެވެ.

ނިކް ދުނިޔެއަށް އުފަންވިއިރުވެސް އަތާއި ފަޔެއް ނެތެވެ.  ނިކް އުފަން ވުމުގެ ކުރިން އެކަމުގެ އެއްވެސް އަލާމާތެއް ފެންނާކަށް ނެތެވެ. މިކަމުގައި ބޭސްވެރިކަމުގެ އެއްވެސް ސަބަބެއް ނެތްކަމަށް ޑޮކްޓަރުން ބުނެއެވެ.
ނިކް ބުނާގޮތުގައި ”އަހަންނަށް އެގޭގޮތުގައި އަހަރެންގެ ހަޔާތުގައި މިދިމާވިކަމަކީ ލަކީކޮށް ނުވަތަ ގަސްތުގައި މީހަކު ކުރިކަމެއްވެސް ނޫން. އިންސާނެއްގެ ހަޔާތުގައި ދިމާވާ މިފަދަ ކޮންމެ ކަމަކީވެސް ޢިބްރަތެއް ގޮތުގައާއި އަދި ކޮންމެވެސް ރަގަޅު ސަބަބުތަކެއް މެދިވެރި ކުރުމަށް ކަލާނގެ ކުޅަދުންވަންތަކުން ވާކަމެއް.”
ނިކްވަނީ ”ފިނޭންސިއަލްޕްލޭނިންގ އެންޑް އެކައުންޓިންގ” އިން ބެޗްލާސް ޑިގްރީ ފުރިހަމަކޮށްފައި.
ނިކް ގަބޫލްކުރާ ގޮތުގައި މީހަކު ކަމެއް ކުރުމަށް ކަނޑައަޅާ އެކަމެއް ކުރުމަށް ގަދައަޅާ މަސައްކަތް ކުރާނަމަ ކޮންމެވެސް ދުވަހަކުން ކަލާނގެ ރުއްސުވުމާއެކު އެކަމެއްވާނޭ. އެހެން ނަމަވެސް  ކޮންމެ އިންސާނަކީވެސް އެއްވެސް ސަބަބަކާއިނުލާ ކޮންމެ ކަމެއް ކުރުމުގައިވެސް ލިމިޓެއް ކަނޑައެޅިފައިވާ ބައެއް. ކަލާނގެ ރުއްސުވުމާއެކު އެކަމެއްވާނޭ ކިޔައިގެން ދެއަތްއުރާލައިގެން ކަމެއް ހާސިލު ކުރުމަށް މަސައްކަތް ނުކޮށް ތިބެއްޖެނަމަ އެކަންކޮށްދޭނެ އެކަކުވެސް ނުވާނެ. ކަލާނގެ އެހީތެރިކަމާއި ނުލައި ކިތަންމެ ކުޑަކަމެއްވެސް ކުރުމުގެ ބާރު  ދެއްވާފައިނުވޭ.  ކަންތައްތައް ކުރުމުގައި ކާމިޔާބު ލިބެނީ އެމީހަކު މަސައްކަތްކުރި މިންވަރަކުންނެވެ.

ނިކްވަނީ ދުނިޔޭގެ އެތަކެއް ޤައުމަކަށް ޒިޔާރަތް ކުރައްވާފައެވެ. އެނާ ޒިޔާރަތްކުރި ޤައުމުތަކުގައި ދީފައިވާ އެތައް ތަޤްރީރުތަކެއްގެ ސަބަބުން ގުދުރަތީގޮތުން ނުކުޅެދިފައިވާ އެތައް ބަޔަކަށް ވަރަށްބޮޑު ހިތްވަރަކާއި ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާ އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ އެފްރިކާގެ ޤައުމުތަކަށެވެ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!