ޚަބަރު
ކަނޑުވި ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

މިދިޔަ ހޮނިހިރު ދުވަހު ކަނޑުވި ކުއްޖާ ހޯދުމަށް އެމް.އެން.ޑީ.އެފުން ކުރަމުން ދިޔަ މަސައްކަތް ހުއްޓާލައިފިކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއްޖެއެވެ.

އޮކްޓޯބަރ 16 ވަނަ ދުވަހު މާލެއިން ފުރައިގެން ވ.ފުލިދޫއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއްގެ ތެރެޔަށް ބިންދާލި ރާޅާއެކު ލޯންޗުން ދަތުރުކުރި ހަތަރު އަހަރުގެ ކުޑަކުއްޖަކު ވަނީ ކަނޑުވެފައެވެ. މިހާދިސާގައި އެކުއްޖާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި އެކުއްޖާގެ މަންމަ ވަނީ ނިޔާވެފައެވެ.

އެމް.އެން.ޑީ.އެފުން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިއަދާ ހަމަޔަށް މެދުކެޑުމެއްނެތި އެކުއްޖާ ހޯދުމުގެ އޮޕަރޭޝަނުގައި 4،706 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށާއި އެހެންނަމަވެސް ކުއްޖާ ފެނިފައި ނުވާ ކަމަށެވެ. އެހެންކަމުން އެއޮޕަރޭޝަން މިހާރު ހުއްޓާލާފައިވާކަމަށް ވިދާޅުވިއެވެ.

ކ.އޮޅުވެލި ރިސޯޓުގެ އިރުދެކުނު ބޭރުގައި ހިނގާދިޔަ މިހާދިސާގައި ލޯންޗުން ދަތުރުކުރި މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު މަޝްހޫރު ފިލްމީތަރި ރިޝްމީގެ އާއިލާވެސް އެލޯންޗުން ދަތުރުކުރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!