ޚަބަރު
މާމެންދޫގައި ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

މިއަހަރުގެ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ގިނަ ހަރަކާތްތަކާ އެކު ގއ. މާމެންދޫގައި ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލްގެ ނައިބު ރައީސް މިސްބާޙް މުޖުތަބާ ވިދާޅުވީ، މާމެންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިސްނެންގެވުމުގެ މަތިން މާމެންދޫގައި ހުންނަ ސަރުކާރުގެ މުވައްސަސާތަކާ ގުޅިގެން އެރަށުގައި ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން ހުކުރު ދުވަހު ހެނދުނު އެރަށުގެ ބީޗް ސަރަހައްދު ސާފު ކުރުމުގެ ޕްރޮގްރާމެއް ހިންގާފައިވާ ކަމަށެވެ. ކައުންސިލާއި ޑަބްލިއުޑީސީގެ އިތުރުން، މާމެންދޫ މެޖިސްޓްރޭޓް ކޯޓު، ޔޫތު އެސޯސިއޭޓު، މާމެންދޫ ސްކޫލް، ފެނަކަ މާމެންދޫ ބްރާންޗް އަދި ސިއްޙީ މަރުކަޒުގެ މުވައްޒަފުން ބައިވެރިވި ކަމަށްވެސް މިސްބާޙް ވިދާޅުވިއެވެ.

އޭގެ އިތުރުން ހުކުރު ދުވަހުގެ ހަވީރު އަންހެނުނާއި ފިރިހެނުންގެ ވާދެމުމުގެ މުބާރާތެއްގެ އިތުރުން، ހުނިގޭނުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހުކުރު ދުވަހުގެ ރޭ، ކުކިން މުބާރާތެއް ބޭއްވިގެންދިޔަ ކަމަށްވެސް މިސްބާޙް ވިދާޅުވިއެވެ. އެގޮތުން ކުކިންގ ކޮމްޕެޓިޝަންގައި އަންހެނުންގެ ދެޓީމު އަދި ފިރިހެނުންގެ ޓީމެއް ބައިވެރިވެފައިވާ ކަމަށްވެސް މިސްބާހު ވިދާޅުވިއެވެ.

މިސްބާޙު އިތުރަށް ވިދާޅުވީ، ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު، ދެ އަވަށުގެ ދެމެދުގައި ހޮވާލެވުނު ދެޓީމެއްގެ ދެމެދުގައި އެކުވެރި ކަމުގެ ފުޓްބޯޅަ މެޗެެއް ކުޅެވިގެން ދިޔަ ކަމަށާއި، މިރޭ އަންހެނުންގެ އެކުވެރިކަމުގެ ހޭންޑްބޯލް މެޗެއް ކުޅުމަށް ހަމަޖެހިފައިވާކަމަށެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަސް ރަސްމީކޮށް ކުޅުދުއްފުށީގައި ފާހަގަ ކުރަމުންދާއިރު، އަތޮޅުތަކުގެ އެހެން ރަށްރަށުގައިވެސް ޒުވާނުންގެ ދުވަހާ ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ގެންދަނީ ހިންގަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!