ޚަބަރު
ޑރ. އޭއެސްއެމްއެޗް ގެ 1555 ޕޯސްޓް މިއީ ކޯއްޗެއް!

ގދ ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފިޝަލް ސޯޝަލްމީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެެއްގައި 1555 ޖަހާފައިވުމުން، މި ޕޯސްޓާމެދު ގިނަބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

މިޕޯސްޓު ނުވަތަ ނަންބަރު 1555 މިއިން ރަމްޒުކޮށްދެނީ ކޮން އެއްޗެއް ހެއްޔެވެ؟ ކޮވިޑް ޖެހުނު ބަލިމީހުންގެ އަދަދު ބާއެވެ؟ ނޫނީ، މުވައްޒަފުންގެ އަދަދު ހެއްޔެވެ؟ ކޮންމެއަކަސް 1555 މިއިން ރަމްޒުކޮށްދޭ އެއްޗެއް ބަލަން ގިނަ ބަޔަކު އިންތިޒާރު ކުރާނެ ކަން ހަމަ ޔަގީނެވެ.

މީގެ ކުރިން ހުވަދޫ ނިއުސް އާ ވާހަކަ ދައްކަވަމުން ޑރ. އޭއެސްއެމްއެޗް ގެ މީޑިއާ އޮފިޝަލް ސާލިމް އަލީ ވަނީ އެހޮސްޕިޓަލްގައި ހޮޓްލައިންއެއް ކައިރި މުސްތަޤްބަލެއްގައި ގާއިމު ކުރުމަށް ވިސްނާ ވާހަކަ ވިދާޅުވެފައެވެ. މިއީ ސާލިމް އެވިދާޅުވި ހޮޓްލައިން ނަންބަރު ބާވައެވެ؟

މިކަމާ ގުޅިގެން މައުލޫމާތު ސާފުކޮށްލެއްވުމަށް ހުވަދޫ ނިއުސް އިން ސާލިމް އަށް ގުޅާލުމުން ވިދާޅުވީ، އެއީ ސަޕްރައިޒެއް ކަމަށާއި، އެކަމުގެ ސަބަބުން ހޮސްޕިޓަލުން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ލުޔެއް ލިބިގެން ދާނެ ކަމަށެވެ.

ދެން މިޖެހުނީ، ހޮސްޕިޓަލުން 1555 މިއީ ކޮން އެއްޗެއްކަން ރަސްމީކޮށް ހާމަކުރާނެ ދުވަހަކަށް އިންތިޒާރު ކުރާށެވެ. ކިޔުންތެރިންނަށްވެސް އޮތީ ހަމަ އެގޮތެވެ. ޚިދުމަތް ހޯއްދަވާ ފަރާތްތަކަށްވެސް އޮތީ ހަމަ އެގޮތެވެ. ކޮންމެ ގޮތަކަށް ވިޔަސް ހޮސްޕިޓަލުން ދެމުންދާ ޚިދުމަތާ ގުޅިގެން ގިނަ ޝަކުވާތަކެއް ކުރިމަތިވަމުން އަންނަ މިދަނޑިވަޅުގައި އެންމެންވެސް އެދެނީ 1555 އާ ގުޅުވައިގެންވެސް ޚިދުމަތުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅުވުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!