ރިޕޯޓް
އެންމެންގެ ކަޅޭ: އިބްރާހިމް ތަޢުފީޤް

ދެއްވަދޫ ގުލްފާމުގެ، އިބުރާހިމް ތައުފީޤު އަކީ ދެއްވަދޫ ހުރިހާ އުމުރުފުރާގެ މީހުންނާއި ގުޅޭ އެންމެންގެ ލޯބި ލިބިގެންވާ ބޭފުޅެކެވެ. އާދެ! ދެއްވަދޫ ގިނަ ރައްޔިތުންގެ ނަމުންނަމަ ‘ އެންމެންގެ ކަޅޭ’ އެވެ. އިބުރާހިމް ތައުފީޤުއަށް ‘ ކަޅޭ’ މިނަން ކިޔައި އުޅެނީ އޭނާ ކަޅުކޮށް ހުންނާތީއެވެ. ކަޅުކޮށް ހުއްޓަކަސް އަންހެން ކުދިންގެ ހިތް ކަތިލާލާ ރީތި ސިފައެއް ލިބިގެންވާ ބޭފުޅެކެވެ. އުމުރުން 47 އަހަރުގެ ކަޅޭ އަކީ އޭނާގެ އުމުރާ އަޅާ ބަލާއިރު ވަރަށް އުމުރުން ޅަކޮށް ހުންނަ ބޭފުޅެކެވެ.

ދެއްވަދޫގެ ޒުވާނުން އިސްނައިގެން ކުރާ ކޮންމެ ކަމެއްގައިވެސް ކަޅޭ އިސްކޮށް ހަރަކާތްތެރިވެއެވެ.ކަޅޭއަކީ ދެއްވަދޫގައިހުރި އެންމެ ޒިންމާދާރު އެއްޒުވާނުންގެ ތެރެއިން އެކަކޭ ބުނުމުން އެކަމާއި އެއްވެސް މީހަކު ދެކޮޅު ހަދާނެހެނެއް ހިއެއްނުވެއެވެ .1990ގެ އަހަރު ތަކުގައި ދެއްވަދޫގެ ފުޓްބޯޅަ ދަނޑުގައި މޮޅުކުޅުމެއް ދަށްކާފައިވާ ކުޅުންތެރިއެވެ.ކަޅޭ އަކީ ދެއްވަދޫގެ ފުޓުބޯޅަ ޓީމުތަކަށް ކޯޗުކަން ކޮށްދެއްވާފައިވާ މޮޅު ކޯޗެކެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ޓީމުތަކުން ވަނީ ކާމިޔާބުތަކެއް ހޯދާފައެއެވެ.އިޖްތިމާއީގޮތުން ދެއްވަދޫގައި ހިންގާ ހުރިހާ ހަރަކާތްތަކުގައި ކަޅޭގެ ބައިވެރިވުން ވަރަށް ބޮޑެވެ.

މަދުރަސީ ތަޢުލީމު ނިންމެވުމަށްފަހު ރިހިވެލި އައިލެންޑު ރިސޯޓުގައި ވަޒީފާ އަދާކުރެއްވިއެވެ. އެއްފަހު 2003 ވަނަ އަހަރު ޒަވާޖީ ހަޔާތް ފެށުމާއިއެކު ދިރިއުޅުން އުފަން ރަށަށް ބަދަލުކުރައްވައި އަދާކުރެއްވެވި ވަޒީފާއަކީ ދެއްވަދޫ އިންޖީނުގޭގެ މެކޭނިކަލް އިންޖިނިއޭރު ވަޒީފާއެވެ. އިންޖީނުގޭގައި 3 އަރު ވަޒީފާ އަދާކުރެއްވުމަށްފަހު ދެން ކުރެއްވެވި މަސައްކަތަކީ މަސްވެރިކަމެވެ. ކަޅޭ އަކީ ހުވަދު އަތޮޅުގެ ހުރިހާ މަސްވެރިންނާއިވެސް ނުހަނު ބޮޑު ގުޅުމެއް އޮންނަ ބޭފުޅެކެވެ. މީހުންނާއި އަވަހަށް ގުޅުން ބަދަހި ކުރުމަކީ ކަޅޭގެ މިޒާޖެކެވެ. ކަޅޭ ދަންނަ ކޮންމެ މީހަކު ކައިރީގައިވެސް ކަޅޭ އާއިދޭތެރޭ ދެކެނީ ކިހިނެއްހޭ ސުވާލު ކޮށްލައިފިނަމަ ދޭނަ ޖަވާބަކީ ”ކަޅޭ އަކީ ހިތްހެޔޮ އެންމެންނާވެސް ގުޅޭ ރަހުމަތްތެރި ބޭފުޅެއް” ކަމުގައެވެ.

2011 ފެބުރުއަރީ 5 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވެ އެމްޑީޕީ ޓިކެޓުގައި ވާދަކޮށް ކަޅޭ ވަނީ ވަރަށް ފުރިހަމަ އަޤުލިބިއްޔަތަކުން ހޮވިވަޑައިގެނަފައެވެ. ކަޅޭ ވާދަކުރެއްވެވެވީ އެމްޑީޕީ ޓިކެޓުގައި ކަމުގަވިއަސް ޑީއާރުޕީ ބޭފުޅުންވެސް ކަޅޭއަށް ވޯޓު ދެއްވާފައިވެއެވެ. ސަބަބަކީ ކަޅޭއާއި ދެއްވަދޫ ކުދި، ބޮޑު ރައްޔިތުންނާއި އޮންނަ ގާތްގުޅުމެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީ ޕުރައިމަރީސް ގައި ވާދަކޮށް ޓިކެޓު ލިބުމުން އެންމެނެވެސް ކަޅޭ ހޮވޭނެކަމުގެ ޔަޤީންކަން ވޯޓުލުމުގެ ކުރިންވެސް ވަނީ ދީފައެވެ.

އޭގެ ފަހުން ބޭއްވުނު 2 އިންތިހާބުގައިވެސް ވާދަކޮށް ކަޅޭ ވަނީ އިންތިހާބު ކާމިޔާބު ކޮށްފައެވެ. މިގޮތުން ދެއްވަދޫ ކައުންސިލްގެ ރައީސް ކަމާއި ، މެންބަރު ކަމާއި، ނައިބްރައީސްކަން ކަޅޭ ވަނީ އަދާކޮށްފައެވެ. 2021 ވަނައަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިތިހާބުގައި ކަޅޭ ވާދަނުކުރެއްވީ ކަޅޭ ވިދާޅުވިގޮތުގައި އޭނާއަށް ދެއްވަދޫ ރައްޔިތުންނަށް ޙިދުމަތްތަކެއް ކުރެވިއްޖެކަން ޤަބޫލު ކުރެވިއްޖެ ކަމަށާއި، އަދި ރަށުގެ ރައްޔިތުންވެސް އޭނާގެ ހިދުމަތް ބަލައިގެންފިކަން ޤަބޫލު ކުތެވޭތީ އިތުރު ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން އިންތިހާބުގައި ވާދަ ނުކުރެއްވީ ކަމަށެވެ

ކަޅޭ އަކީ ބޮޑާ ކަމާއި ފޮނިކަން ނުގެންގުޅެއްވާ އެންމެންނާއި ގުޅިގެން އުޅެން ދަންނަ ބޭފުޅެކެވެ. ކޮންމެ އުމުރެއްގެ ބަޔަކު ކައިރީގައި ވެސް އެއުމުރަކާއި ގުޅޭގޮތައް އުޅެން ދަންނަ ހިތްހެޔޮ ބޭފުޅެކެވެ.

 1. ނިޔާ

  މިޒަމާނުގައި މަދުންނޫނީ ނުފެންނާނެ ފަދަ ރަގަޅު ހިތްތިރި ފަރާތެއް…

 2. ކޮޅިގަޑާ

  ތީ ހަމަ ކަޅެންބަރެކެ !!!

 3. ފައިޒަން

  ކަޅޭ 25 އަހަރުކުރީއްސުރެވެސް ރައްޓެއްސެއް.އަބަދުވެސް ގުޅުންއޮވޭ.

 4. ދޫނި

  ދިމާވި އެންމެ ބެސްޓް ބަޑީ (ކަޅޭ )

 5. މެނޭޖަރ

  އަދ އިތުރު ކޮށްލާ ، ސްޓެލްެކޯއަދ ރ.ކ ކޮމެޓީގައ ވެސ އުޅުއްވި