ޚަބަރު
ތިނަދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އެޑްމިޓްކުރި މީހަކު ނިޔާވެއްޖެ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ސްޓްރޯކެއް ޖެހިގެން ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުންދަނިކޮށް މީހަކު ނިޔާވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، ޖަލު ހުކުމެއް ކޮށްފައިވާ 47 އަހަރުގެ ދިވެހި ފިރިހެނަކު ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަނަލް ސާރވިސް އާއި ހަވާލުކުރުމަށް އޮކްޓޯބަރ 14 ވަނަ ދުވަހު ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށާއި، އޮކްޓޯބަރ 18 ވަނަ ދުވަހު އޭނާ ބަލިވުމުން ތިނަދޫ ޑރ. އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފެށުނު ކަމަށާއި އޭނާގެ ބަލިހާލަތު ހުރިގޮތުން އޮކްޓޯބަރ 21 ވަނަ ދުވަހު އާއިލާ އާއި އެމީހާ ހަވާލު ކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެމީހާ ނިޔާވެފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައި ޑރ.އޭއެސްއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

  1. އ.ބ.މ.ސ /ގައްދޫ

    ސަރުކާރުގެ ބެލެހެއްޓުމުގެ ދަށުގައި ކުއްވެރިޔާ ހުއްޓާ ބަލިވުމުން ޢާޢިލާ ހަވާލުކުރަނީ ހަމަޖެހިފައިވާ އުސޫލުތޯ