ޚަބަރު
ތިނަދޫ ރެސްޓޯރަންޓެއްގައި މަސައްކަތް ކުރާ ދެބިދޭސީއެއްގެ ދެމެދުގައި މާރަމާރީއެއް ހިންގައިފި

ގދ ތިނަދޫގައި ހިންގާ ރެސްޓޯރަންޓެއްގައި މަސައްކަތްކުރާ ދެބިދޭސީއެއްގެ ދެމެދުގައި ހިންގި މާރަމާރީއެއްގައި އެކަކަށް އަނިޔާވެއްޖެއެވެ.

މަންޒަރު ދުށްމީހަކު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ބުނީ، މާރަމާރީ ހިންގާފައިވަނީ ތިނަދޫގައި ހިންގާ ރެސްޓޯރަންޓެއް ކަމަށްވާ އަލިކެފޭގައި މަސައްކަތްކުރާ ކައްކާ އާއި ވެއިޓަރެއްގެ ދެމެދުގައެވެ. އަދި މިމާރަމާރީގައި އަނިޔާލިބިފައިވަނީ އެތަނުގައި މަސައްކަތްކުރާ ވެއިޓަރަށް ކަމަށާއި، ޖެހުމުގެ ސަބަބުން އޭނާގެ މޫނުމައްޗަށް އެކިވަރުގެ ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ، މާރަމާރީ ހިންގާފައިވަނީ، ދެމީހުންގެ ދެމެދުގައި ޒުވާބު ކުރުމަށްފަހު އެތަނުން ވެރިޓަރަކަށް މަސައްކަތް ކުރާ ބިދޭސީ މީހާ އެތަނުގެ ވެރިޔާއަށް ގުޅުމަށް މަސައްކަތް ކުރުމުން ކަމަށެވެ.

Comment

  1. ފާރޫގު

    ނަމެއްނެތް ރެސްޓޯރަންޓެއްތަ؟ނޫނީ ނަން ޖަހާލަން ނުކެރުނީތަ ؟

    • ދެލޯއަނދިރިތ؟

    • ނިޔާ

      އަސާސީ ތަޢުލީމު ނެތް މީހުން ކޮމެންޓް ނުކުރިއްޔާ ކަންނޭގެ ތަގަޅުވާނީ، އަލިކެފޭ އެއިނީ ޖަހާފަ، އަދިރިއްޔާ އައިނެއް ވެސް އެޅުން ރަގަޅީ!!! ފަހަރުގަ ވެދާނެ އަލިކެފޭ އެކިޔަނީ ތިނަދޫ އަށް ކަމަށް ވެސް އެހެން ވެއްޖެއިއްޔާ ވަރަށް ބޮޑަށް މާފަށް އެދެން!!!