ޚަބަރު
ރައީސް އިބޫއަށް އެންމެ ފްލެޓެއްވެސް ނޭޅިގެން އުޅެނީ ދެސަބަބަކާހުރެ – މަލީހް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ވެރިކަމުގެ 3 އަހަރު ތެރޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެންމެ ފްލެޓެއްވެސް ނޭޅި އުޅެނީ މައިގަނޑު ދެ ސަބަބަކާހުރެ ކަމުގައި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް އިބޫއަށް އެންމެ ފްލެޓެއްވެސް ނޭޅިގެން އުޅޭ މައިގަނޑު އޮތީ ދެސަބަބު ކަމަށެވެ. އަދި އެއީ ފްލެޓެއް ރާއްޖޭގައި އެޅޭނެ ހަމައަގު ހަދަން/އަންދާޒާކުރަން ނޭގުން ކަމަށާއި، ރާއްޖޭގައި ފްލެޓް އެޅޭހާ ގާބިލް ކުންފުންޏެެއް މިސަރުކާރުގެ 3 އަހަރު ތެރޭ ހޯދިފައި ނުވާތީ ކަމަށެވެ.

އަދި އެކަން ކުރަން ވީ ގޮތްވެސް މިސަރުކާރަށް ނޭނގުން ކަމަށާއި، 3 އަހަރު ވީއިރު އެކަމަށް ދާނެ ހަރަދު ނޭނގުމުން ކަމަށްވެސް މަލީހުގެ ޓުވީޓުގައި ބުނެފައިވެއެވެ.

Comment