ޚަބަރު
ވެލާނާ އިންޓަނޭޝްނަލް އެއާޕޯޓު ތަރައްގީ ކުރުމަށް 50 މިލއަން ޑޮލަރުގެ ލޯނެއް

50 މިލިއަން ޑޮލަރުގެ ލޯނެއް ކުވައިތު ފަންޑުން ނަގައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ނިންމައިފިއެވެ.

ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ފަށައިފައިވާ މަޝްރޫޢު ހިންގުމަށް، ކުވައިތު ފަންޑުން އިތުރު 50 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް ދިވެހި ސަރުކާރާއި ކުވެއިތާދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފަިވަނީ މިއަދެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. ކުވެއިތު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ އެޑްމިން އެންޑް ފައިނޭންސް އެފެއާރޒްގެ ޑެޕިއުޓީ ޑިރެކްޓާރ ޖެނެރަލް ނެދާލް އޭ އަލް އޯލަޔާންއެވެ.

މި މަޝްރޫޢުއަށް ކުވެއިތު ފަންޑުން 15 މިލިއަން ކުވެއިތު ދީނާރު ދޭން ނިންމައިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ. މިއީ 770 މިލިއަން ދިވެހި ރުފިޔާއެވެ.

ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގެ  މި މަޝްރޫއަކީ 1 ބިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫއެކެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ ސައުދީ ފަންޑާއި އެމިރޭޓްސް އާއި ކުވައިތު ފަންޑުގެ އިތުރުން ޗައިނާގެ އެގްޒިމް ބޭންކުން ލޯން ނަގައިގެންނެވެ. މި މަޝްރޫއުގެ ދަށުން އާ ރަންވޭއެއް ތަރައްގީކޮށް އެ ރަންވޭއަށް އޭ-380 މަރުކާގެ މަތިންދާ ބޯޓެއް ޖައްސާފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.

ކޮވިޑުގެ ސަބަބުން އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތްތައް ހުއްޓިފައިވާތާ ދުވަސްތަކެއް ވަނީ ފާއިތުވެފައެވެ. އެހެން ނަމަވެސް އަންނަ އަހަރު ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭ ވަރު ވާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!