ފެންޑާ
ދެއްވަދޫގަ މީހުން ނުއުޅޭ ފަޅު ހިސާބަކަށް ބައްދަލުކުރަން ދިޔަ ދެ ލޯބިވެރިންނަށް ދިމާވި ހަޤީޤީ ހާދިސާ އެއް.

12 ނޮވެމްބަރ 2011 ވީ ހޮނިހިރު ދުވަހުގެރޭ އަޅުގަނޑުގެ އެކުވެރިން ތަކަކާއިއެކި ދެއްވަދޫ ސިލުނބާ ކެފޭއަށް ކޮފީ ބޯން ގޮސްތިއްބައި ދެކެވެމުންދިޔަ ވާހަކައިގެ ތެރެއިން އެތާގައި އުމުރުން ދުވަސްވީ މީހަކު އިނީތީވެ އޭނާ ކައިރިން ދެއްވާދޫ ގައި ކުރިން ހިނގާފައިވާ ހާދިސާ ތަކުގެ ތެރެއިން ވާހަކައެއް ކިޔައިދޭން އެދުމުން ކިޔައިދިން ވާހަކައެއް ތިބޭފުޅުންނާ ހިއްސާ ކޮށްލާނަމެވެ. އެމީހަކީ ސިލުނބާ ކެފޭ ހިންގާ (ހުދުފިނިފެންމާގެ)ސަމަދުބެއެވެ. ސަމަދުބެ އަކީ ކޮންމެވެސް ވަރަކަށް ދިވެހިބޭސް ވެރިކަންވެސް ދަނެވަޑައިގަންނަވާ ބޭފުޅެކެވެ. އަޅުގަނޑު މިވާހަކަ މި ގެނެސްދެނީ ސަމަދުބެ ކިޔައިދިން ގޮތަށެވެ.

އޮނަވިހި ސަތޭކަ ތިރީހުގެ އަހަރު ތަކުގެ ތެރެއިން އަހަރެކެވެ. ދެއްވަދޫއަށް ދޯންޏެއް ބަނުމަށް އައި ގދ.ގައްދޫ މީހަކު ދެއްވަދޫ ދަލެކާ ކިޔާ އަންހަނަކާ ހިތާވެގެން ދެމީހުން ދިޔައީ ރަށުގެ އަނދިރި
ތަންތާގައި ސިއްރުން އެމީހުންގެ ލޯބީގެ ބައްދަލުވުންތަށް ބާއްވަމުންނެވެ. މިގޮތަށް ދުވަސްތަކެއް ވަމުން ދަނިކޮށް އެއްރެޔަކު ބައްދަލުވުމަށް ދަލެކަ ގަޑިކީ އެދެމީހުން އެންމެ ގިނައިން ބައްދަލުކޮށް އުޅޭ އާއްލާ ދިހެރެޔަށެވެ.

އެރޭގެ އިޝާ ނަމާދަށް ފަހުން ގައްދޫ މީހާ ދަލެކާ އާއި ބައްދަލުކުރަން އެތަނަށް ދިޔައިރު އެހެން ރޭތަކަށްވުރެ މާކުރިން ދަލެކާ ހުރީ ނަލަ ހެދިލައިގެން ބައްދަލުކުރަން ގޮހެވެ. ދެމީހުންގެ ބައްދަލުކުރުމުގައި އެހެންރޭތަކުގައިވެސް ލޯބިން ކޮށްއުޅޭ ކަންތައްތައް ކުރަމުން ކުރަމުން ގޮސް އެއްމެފަހުން ހުރިހާ ކަމެއް ނިމުނުއިރެ ގައްދޫ މީހައަށް އެއީ ދަލެކާ ނޫންކަން ޝައްކު ކުރެވިގެން ބިރުގަންނަން ފަށައިފިއެވެ. ގައްދޫ މީހާ ތިމަންނާ ދެން ދަނީއޭ ބުނެފައި ބާރަކަށް ހިނގައިގަތުމުން ދަލެކާ ގޮތަށް ބަދަލުވެގެން އެތަނަށް ގޮސްހުރި ޖިންނި ގައްދޫ މީހާ އަށް ހަމަލާ ދިނުމުގެ ގޮތުން ނަގައި ބިންމަށްޗަށް ޖެހީއެވެ.

ގައްދޫ މީހާ ދިރިއުޅޭ ގޭގެ މީހުން އޭނާ ނިދަން ނައިސްގެން ހަބަރެއް ނުވެގެން ރަށު ރައްޔިތުންގެ އެހީގައި އޭނާ ހޯދުމަށް ފުޅި ބައްތި ހިފައިގެން މުޅި ރަށުތެރެ ހޯދަމުން ދަނިކޮށް ފެނުނީ އާއްލާ ދިހެރޭގައި ހަބަރު ހުސްވެ ވެއްޓިފައި އޮތްވައެވެ. ގެޔަށް ގެނެސް ކިޔެވެލި ކިޔައިވައި އެތަށް ކަމެއް ކޮއްގެން މީނާއަށް ހޭލެވިއްޖެ ދެން އެރޭގެ ކަންހިގިގޮތް ފަންޑިތަވެރިޔާ އަށް އޭނާ ކިޔައިދިނެވެ. އެވަގުތު އެތާ ދަލޭކަވެސް އިނެއެވެ.

ޖެހިގެން އައި ރޭ މީނާ ހަބަރު ހުސްވެ ގަދަޔަށް ހުން އައިސް ގެން ގދ. ވާދޫގައި ހުންނަ ފަންޑިތަ ވެރިޔެއް ކައިރިއަށް ފަންޑިތަ ހަދަން ރަށުން ފުރައިގެން ދަނިކޮށް “ދެއްވަވިލިގަލާ” ކިޔާ ފަޅު ރަށަކާއި އަރައި ހަމަވި ތަނުން އެމީހާ މި ދުނިޔެއަށް ލާން ހަމަ ޖެހިފައިވާ އެންމެ ފަހުނޭވާ ލައި ނިމުނީއެވެ. އެމީހާ ވަޅު ލެވުނީ ދެއްވަ ވިލިގަނލާގައެވެ. އަދިވެސް އެރަށުގައި އެމާހަނަ ހުންނަ ކަމަށް ސަމަދުބެ ބުނެއެވެ.

 1. ތެންކްސްސްސްސް !!

 2. ހިިިިހިހި

 3. މުހައްމަދު

  ސަޅި ސްޓޯރީއެއް

 4. ކުއްޖާ

  ތީހާދަ ގޮތެއް ފޮތެއް ނެތް ކުއްޖެކޭ ދޯ ކަލެއަށް އެކަހަލަ ކަމެއް ދިމާ ވިނަމަ ކިހިނެއް ހަދާނީ ނޫނީ ކަލޭ ގޭމީހަކަށް ދިމާވިނަމަ ތިޔަ ވައްތަރަށް ވައްވައް ޖަހާނަން