ޚަބަރު
މަހްމޫދުގެ ގާތިލަކީ ބިދޭސީ މީހާ، އިތުރު މީހެއްގެ ބައިވެރިވުމެއްް ނެތް – ފުލުހުން

މިމަހުގެ 14 ވަނަ ދުވަހު އދ. ދަނގެތީގައި ރަހުމް ކުޑަގޮތަކަށް މަރާލާފައި ވަޅަކަށް ވައްޓާލާފައި އޮއްވާ ފެނުނު ވިޔަފާރިވެެރިޔާ މަހްމޫދު އަބޫބަކުރު މަރާލާފައިވަނީ، އެރަށުގައި ދިރިއުޅޭ ބިދޭސީ މީހެއް ކަމަށްވާ ޝާ އަލޮމް މިއާ ކަން ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަހްމޫދު މަރާލި މައްސަލައިގެ ތުހުމަތުގައި މިމަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10:39 އެހާކަންހާއިރު ދަނގެތީގައި ދިރިއުޅެ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 29 އަހަރުގެ ޝާ އަލޮމް މިއާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދަށް އދ ދަނގެތި ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށްވެސް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަދި މިމައްސަލައިގެ ތަހުގީގުގައި ޝާ އަލޮމް މިއާ ދިރިއުޅެމުންދިޔަ ގެ ބަލައި ފާސްކޮށްފައިވާ ކަމަށާއި، މިމައްސަލައާ ގުޅުންހުރި ގިނަ އަދަދެއްގެ ތަކެތި ވަޅުލާފައިވަނިކޮށް ހޯދާއި، ތަހުލީލުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަަށް ފުލުހުން ގެ ބަޔާނުގައި ބުނެފައިވެއެވެ.

ވަޅުލާފައި ތިއްބާ ހޯދާފައިވާ ތަކެތީގެ ތެރޭގައި މަހްމޫދުގެ ފޯނާއި، އައިޑީކާޑުގެ އިތުރުން މައްސަލައާ ގުޅުންހުރި ގިނަ އަދަދެއްގެ ތަކެތި ހިމެނޭކަމަަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މަޙްމޫދު އަބޫބަކުރު މަރާލުމުގައި ޝާ އަލޮމް މިއާގެ އިތުރުން، އިތުރު މީހެއް ނުވަތަ ބައެއްގެ ބައިވެރިވުން އޮތްކަމަށް މިހާތަނަށް ތަހުގީގުގައި ކުރެވުނު މަސައްކަތުން ފާހަގަކުރެވިފައި ނުވާކަމަށެވެ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!